ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކުރި މަޝްހޫރު ފިލްމީ ތަރި އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއުއަށް އެންމެ ވޯޓެއްގެ ތަފާތުން ޓިކެޓް ގެއްލިއްޖެ އެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހު ޕީއެންސީން ޕްރައިމަރީ ބޭއްވިއިރު މައްސަލަ ޖެހިގެން މިއަދާ ހަމައަށް އެއް ދާއިރާއެއްގެ ވޯޓްގެ ނަތީޖާ އޮތީ އިއުލާނު ނުކޮށެވެ. އެއީ މައްޗަށްގޮޅި އުތުރު ދާއިރާ އެވެ.
އެ ދާއިރާއަށް ޔޫއްޕެ ހިމެނޭހެން ހަތަރު މީހަކު ކުރިމަތިލި އެވެ. މައްސަލަ ހައްލުކޮށް ވޯޓް އަލުން ގުނާ މިހާރު ވަނީ ނަތީޖާ އިއުލާނުކޮށްފަ އެވެ. އެންމެ ގިނަ ވޯޓް ލިބުނީ އާދަމް އަލީމަށެވެ. އެއީ 58 ވޯޓެވެ. ޔޫއްޕެއަށް ލިބުނީ އެއް ވޯޓް މަދުން 57 ވޯޓެވެ.
އެ ދުވަހު ވޯޓްގެ ނަތީޖާ އިއުލާނު ކުރަމުން ދަނިކޮށް މީހަކު ހަމަނުޖެހުން އުފެއްދީ އިތުރަށް ވޯޓްލީ ކަމަށް ބުނެ އެވެ. އޭނާ ވަނީ ގުނަމުން ދިޔަ ކަރުދާސް ކޮޅެއް އޮފިޝަލުން އަތުން އަތުލާ ވީދާލަން މަސައްކަތް ކޮށްފަ އެވެ.
ޕީއެންސީން ބުނީ މައްސަލަ ބެލުމުން އިތުރަށް އެންމެ ވޯޓެއް ވެސް ލާފައި ނެތް ކަމަށެވެ. އެހެން ކަމުން އަލުން ވޯޓް ގުނި އެވެ.
އެންމެ ވޯޓެއްގެ ތަފާތުން ޔޫއްޕެއަށް ޕީއެންސީގެ ޓިކެޓް ގެއްލިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ