ދައުރުވަމުން ދަނީ ފޭކު އޯޑިއޯއެއް، މަގާމުން ވަކިކުރި ސަބަބެއް ނޭނގޭ: ޝަމާހު

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން މިއަދު ވަކިކުރި އަހުމަދު ޝަމާހުގެ އޯޑިއޯއެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނީ ފޭކު އޯޑިއޯއެއް ކަމަށާއި، މަގާމުން ވަކިކުރި ސަބަބެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ މިރޭ ވިދާޅުވެއްޖެއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ބުނީ، ޝަމާހު ވަކިކުރީ މިއަދުން ފެށިގެން ކަމަށެވެ. ނަމަވެސް އޭނާ ވަކިކުރި ސަބަބާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަނުކުރެއެވެ. އެފަހުން ސޯޝަލް މީޑިއާގައި އޭނާ ވާހަކަދައްކާ ކަމަށް ބުނާ އޯޑިއޯއެއް ވަނީ ލީކުވެފައެވެ. ލީކުވެފައިވާ އޯޑިއޯގައި ޝަމާހު ކުންފުނީގެ އެތެރޭގައި 'ކުރަން އުޅުނު ކަންތައްތައް' އެނގޭނީ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު އަޒްހަދު ރަމީޒަށާއި އިތުރު އެހެން މީހަކަށް ކަމަށް ބުނެއެވެ. ނަމަވެސް އެއީ ޝަމާހު ކަމެއް ޔަގީނެއް ނޫނެވެ. އެހެން އެކަން އޮއްވައި ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު އަޒްހަދު ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. https://sun.mv/216563 ބެލެވޭ ގޮތުގައި އެމީހުންގެ މައްޗަށް ކުރަނީ ކޮރަޕްޝަންގެ ތުހުމަތެވެ. އެކަމާ ގުޅިގެން 'ސަން' އާ ވާހަކަދައްކަވަމުން ޝަމާހު މިރޭ ވިދާޅުވީ އޭނާ މަގާމުން ވަކިކުރި ސަބަބެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ދައުރުވަމުންދާ އޯޑިއޯއަކީ ވެސް ފޭކު އޯޑިއޯއެއް ކަމަށް ޝަމާހު ވިދާޅުވިއެވެ. "ބައްލަވާ އެއީ ފެބްރިކޭޓެޑް އޯޑިއޯއެއް. އެއްގޮތަކަށް ވެސް ހަގީގަތެއް ނޫން،" ޝަމާހު ވިދާޅުވިއެވެ. https://sun.mv/216553 މި ސަރުކާރުގައި ޝަމާހުއަށް ފުރަތަމަ ދިނީ މިފްކޯގެ ސީއީއޯ ކަމުގެ މަގާމެވެ. އެ މަގާމުން އޭނާ ވަކިކުރީ 2024ވަނަ އަހަރުގެ މެއި 21 ގައެވެ. ޝަމާހު މަގާމުން ވަކިކުރުމުގެ ކުރިން، އޭނާ ދެ ފަހަރެއްގެ މަތިން ސަސްޕެންޑުވެސް ކުރި އެވެ. އޭނާގެ ސަސްޕެންޝަން އުވައިލަން ޕީސީބީން ނިންމީ އެޕްރީލް 24 ގައެވެ. ޕީސީބީއިން އެންމެ ފުރަތަމަ ސަމާހު ސަސްޕެންޑުކުރީ މާޗު 18 ގައެވެ. އޭރު ސަސްޕެންޑްކުރި މުއްދަތު މާޗު 31، ގައި ހަމަވާތީ އެޕްރިލް 21، ގެ ނިޔަލަށް ސަސްޕެންޝަން އިތުރުކުރިއެވެ. ޝަމާހު ސަސްޕެންޑުކުރީ ކޯޕަރޭޓް ގަވަނެންސްއާ ގުޅޭ މައްސަލަތަކެއްގައި އިންކުއަރީއެއް ހެދުމުގެ ގޮތުންނެވެ. އޭނާ ސަސްޕެންޑުކުރި ނަމަވެސް އެއިރު ވެސް މުސާރައާއި އިނާޔާތްތައް ލިބުނެވެ. ޝަމާހު މިފްކޯއިން ވަކިކުރުމަށްފަހު، ދެން ދިނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ