މާޕްގެ 5 ވަނަ ނޭޝަނަލް އެޗް.އާރް ކޮންވެންޝަން އަދި އެކްސްޕޯ ފެބްރުއަރީ މަހު! މާޕްގެ ނެޝަނަލް އެޗް.އާރް ކޮންވެންޝަން އެންޑް އެކްސްޕޯ ފަސްކޮށްފި މަގުބޫލު ލިޔުންތައް ގޮއިދޫގައި ކެންސަރު ގިނަވާ ސަބަބު ބަލަން ފަށައިފި އެތެރެއަށް ތޮރުފިގެން ވަދެ، އީރާނުގެ ވެރިކ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (މާޕް) އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ނޭޝަނަލް އެޗް.އާރް ކޮންވެންޝަން އަދި އެކްސްޕޯގެ މިއަހަރުގެ އެޑިޝަން އަންނަ އެޕްރީލްމަހު 11 އަދި 12 މި ދެދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މާޕް އިން ބުނީ 6 ވަނަ ނޭޝަނަލް އެޗް.އާރް ކޮންވެންޝަން އަދި އެކްސްޕޯ 2026 ގައި ރަޖިސްޓްރީވުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ކޮންމެ އަހަރަކުވެސް ތަފާތު ތީމަކަށް ފޯކަސްކޮށްގެން، ރާއްޖޭގައި ބޮޑު އޯޑިއަންސަކާއެކު ކުރިއަށް ގެންދާ މި ކޮންވެންޝަންގެ މި އަހަރުގެ ތީމަކީ “ހިއުމަން އެޖް: ތްރައިވިންގ އިން އަ ވޯލްޑް އޮފް އޭއައި” (އިންސާނީ ކުޅެދުންތެރިކަން: އޭއައިގެ ދުނިޔޭގައި ކުރިއެރުން) އެވެ.
މި ތީމުން ފާހަގަކޮށްދެނީ ދުނިޔޭގެ މަސައްކަތުގެ މާޙައުލަށް އޭއައިގެ ސަބަބުން އަންނަމުންދާ ބޮޑެތި ބަދަލުތަކާއި އެބަދަލުތަކަށް ހޭނުމުގެ މުހިއްމުކަމެވެ. އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ވިޔަފާރިތަކުގެ ހިންގުމަށާއި މުވައްޒަފުންގެ އޮނިގަނޑަށް ގިނަ ބަދަލުތައް އަންނަމުންދާއިރު، އިންސާނީ ޤާބިލުކަމާއި، ލީޑަރޝިޕް އަދި ބަދަލުތަކަށް ހޭނުން، ރާއްޖޭގެ މުއައްސަސާތަކަށް ވެސް ވެފައި މިވަނީ ވަރަށް މުހިއްމު ކަމެއް ކަމުގައެވެ.
މި އަހަރުގެ މި ކޮންވެންޝަންގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ބައިނަލްއަޤްވާމީ ގިނަ ތަޖުރިބާކާރުން މިފަހަރުގެ ކޮންވެންޝަނުގައި ބައިވެރިވާކަމެވެ.
މާޕް އިން ބުނީ މީގެ ބޭނުމަކީ މި ކޮންވެންޝަނުގެ ތެރެއިން ރާއްޖޭގެ ފަންނީ ބޭފުޅުންނާއި ދުނިޔޭގެ ފެންވަރުގެ މާހިރުން ގުޅުވައިދިނުންކަމަށެވެ. އަދި ލީޑަރޝިޕާއި، އިދާރީ ހިންގުމުގެ އިސްތިރާތީޖީތަކާއި އަދި ޑިޖިޓަލް ބަދަލުތަކާ ބެހޭގޮތުން ފުންނާބުއުސް މަޝްހޫރު ބޭފުޅުން މި ކޮންވެންޝަނުގައި ބައިވެރިވުމަކީ، މިއީ ދުނިޔޭގެ ފެންވަރުގައި ބަލައިގަނެވިފައިވާ ކޮންވެންޝަނެއް ކަން ހާމަކޮށްދޭ ކަމެއްކަމަށް މާޕްއިން ބުނެއެވެ.
2019 ވަނަ އަހަރުން ފެށިގެން މާޕްގެ އެޗް.އާރް ކޮންވެންޝަން ވެފައި ވަނީ ދިވެހިރާއްޖޭގައި އެޗް.އާރް ޕްރޮފެޝަނަލުންނާއި ދާއިރާއާ ގުޅުންހުރި އިސްވެރިންގެ އެންމެ ބޮޑު އެއްވުމަށެވެ. އަދި މިހާތަނަށް މާޕްގެ ފަރާތުން ބާއްވާފައިވާ ފަސް އިވެންޓުގައި ގާތްގަނޑަކަށް 3000 އަށް ވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައިވެއެވެ.
މިއަހަރުގެ ކޮންވެންޝަންގައި ބައިނަލްއަގުވާމީ ފެންވަރުގައްޔާއި، ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.ތިރީގައިމިވަނީ މި ކޮންވެންޝަނުގެ ސްޕީކަރުންގެ ނަންތަކެވެ.
ބައިނަލްއަގުވާމީ ވާހަކަދެއްކުންތެރިން:
ރާއްޖެއާއި ސަރަހައްދީ ވާހަކަދެއްކުންތެރިން:
މިއީ އެޗްއާރު ޕްރޮފެޝަލުންނާއި، ވިޔަފާރީގެ އިސްވެރިން އަދި ނިންމުންތައް ނިންމާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، އެކި ދާއިރާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ލިބިގެންދާނެ މުހިންމު މަންސައެކެވެ. ހަމައެހެންމެ މަސައްކަތްތެރިންގެ ހުނަރު ކުރިއެރުވުމާއި، އުފެއްދުންތެރިކަން އިތުރުކުރުން އަދި ހުނަރުވެރި މުވައްޒަފުން ދެމެހެއްޓުމަކީ ދިވެހި އިޤްތިޞާދަށް މިވަގުތު ވަރަށް މުހިއްމު ކަމެއް ކަމުން މިފަދަ ހަރަކާތްތަކުގެ ބޭނުންތެރިކަން އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.
ބައިނަލްއަޤުވާމީ ފެންވަރުގައި މިކަމަށް ލިބޭ ތަރުޙީބުން ދޭހަވަނީ، ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖޭގެ މިޞްރާބު ބަދަލުވަމުންދާ މިންވަރެވެ. ފަތުރުވެރިކަމަށް އެކަނި މަޝްހޫރުވެފައި އޮތް އޮތުން ބަދަލުވެ، ފަންނީ ތަރައްޤީއާއި މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ ޢިލްމީ އަދި ފަންނީ ހަރަކާތްތައް ބާއްވާ މަރުކަޒެއްގެ ގޮތުގައި ރާއްޖެ މިހާރު އަންނަނީ ފާހަގަކުރެވެމުންނެވެ.
ރާއްޖޭގެ ބައިވެރިންނަށް ރާއްޖޭން ބޭރަށް ނުގޮސް ގައުމުގައި ތިބެގެން، ބައިނަލްއަޤުވާމީ މާހިރުންނާ ސީދާ މުޢާމަލާތްކޮށް، މަޢުލޫމާތު ބަދަލުކުރުމުގެ ފުރުޞަތު ލިބުމަކީ، އެފަދަ ތަޖުރިބާތަކާއި އެންމެ ފަހުގެ އުޞޫލުތައް ދަސްކުރުމަށް ލިބޭ ފަހި ފުރުޞަތެކެވެ. މީގެ ސަބަބުން ޚަރަދު ކުޑަވުމުގެ އިތުރުން، ދިވެހި މަސައްކަތްތެރިންގެ މެދުގައި ޢިލްމާއި ހުނަރު ބަދަލުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.
މާޕްގެ 6 ވަނަ ކޮންވެންޝަނުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ޖާގަ ކަށަވަރުކުރުމަށް، ރަޖިސްޓަރީ ކުރަން ޖެހޭނީ https://forms.office.com/r/B7qt3JfZi8?origin=lprLink މި ލިންކުންނެވެ. ޖަމްޢިއްޔާތަކާއި ގްރޫޕްތަކަށް ގްރޫޕް ރަޖިސްޓްރޭޝަނަށް ނުވަތަ އިތުރު މަޢުލޫމާތު ހޯދުމަށް [email protected]ނުވަތަ [email protected] މެދުވެރިކޮށް މާޕްއާ ގުޅުއްވައިގެން ކުރިއަށްގެންދެވުން އެދޭކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
2018 ވަނަ އަހަރު އުފެދުނު މާޕް އަކީ ދިވެހިރާއްޖޭގައި އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް، އެ ދާއިރާގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާއިން އެސް.އެޗް.އާރް.އައި ފަދަ ސަރަޙައްދީ އަދި ދުނިޔޭގެ ފެންވަރުގެ ޖަމްޢިއްޔާތަކާ ގުޅިގެން، ރާއްޖޭގެ ބޭނުންތަކަށް އަމާޒުކޮށްގެން އެންމެ ޒަމާނީ މަޢުލޫމާތާއި ޚިޔާލުތައް ފޯރުކޮށްދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ