ފްރާންސް އަތުން 2-1އިން ބަލިވުމުން ފޯވަޑް ނޭމާ ސަންޓޯސް ޓީމަށް ނަގަން ގިނަ ސަޕޯޓަރުންނާއި މީޑިއާތަކުން ގޮވާލުމުން ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޯޓީ އެކަމަށް ފުރަގަސްދީފި އެވެ.
މެޗަށް ފަހު ބްރެޒިލްގެ މީޑިއާތަކުން މިކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން ތަޖުރިބާކާރު ކޯޗު ބުނީ "މިވަގުތު ސަމާލުކަން ދޭންވީ ޓީމުގައި ތިބި ކުޅުންތެރިންނަށް،" ކަމަށެވެ.
ނޭމާ އަކީ ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. ނަމަވެސް އުމުރުން މިހާރު 34 އަހހަރުގެ ކުޅުންތެރިޔާ ޓީމަށް ނަގަން އަންޗެލޯޓީ ބޭނުން ނުވަނީ އޭނާ މުޅިން ފިޓްނޫން ކަމަށް ބުނެ އެވެ.
ގާތްގާތުގައި އަނިޔާގެ މައްސަލަތައް ފާއިތުވެދިޔަ ދެ އަހަރާއި ބައިގައި ހޭދަކުރި ކުޅުންތެރިޔާ ވެސް ދަނީ ޖޫން މަހު ފަށާ ވޯލްޑް ކަޕް ކުޅޭ ބްރެޒިލް ޓީމުގައި ހިމެނުމަށް މުޅިން ފިޓްވުމަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ.
އަންޗެލޯޓީ ބުނީ ފްރާންސަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށާއި މި މެޗުން ބަލިވި ނަމަވެސް ބްރެޒިލް ދެއްކި ކުޅުމަށް ބަލާއިރު ފެނިގެންދިޔައީ ޕޮޒިޓިވް ކަންތައްތަކެއް ކަމަށެވެ.
"މި މެޗުން އެނގިގެން ދިޔައީ އަހަރުމެންނަށް ދުނިޔޭގެ ކޮންމެ ޓީމަކާ ވެސް ވާދަކުރެވިދާނެކަން. އަހަރުމެންނަށް ކޮންމެ ޓީމެއް ވެސް ބަލި ކުރެވިދާނެކަން. ކުދިކުދި ކަންތައްތަކެއް ބަދަލު ކުރަން ޖެހޭނީ. އަހަރުމެން މިދަނީ އެކަންކަން ކުރަމުން. ޓީމަށް ކޮންމެހެން ގެންނަން ޖެހިއްޖެ ބަދަލެއްނަމަ އެކަން ވެސް ކުރާނަން،" އަންޗެލޯޓީ ބުންޏެވެ.
ނޭމާ ނަގަން ބުނުމުން އަންޗެލޯޓީ: ސަމާލުކަން ދޭންވީ ޓީމުގައި ތިބި ކުޅުންތެރިންނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ