ބަލި ގަބޫލުކުރައްްވާ ރައީސް ވިދާޅުވީ ކަންކަން ރަނގަޅު ކުރައްވާނެ ކަމަށް

މިއަދު ބޭއްވި އިންތިހާބުތަކުގެ ނަތީޖާ ގަބޫލު ކުރައްވާ ކަމަށާއި ސަރުކާރުން ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ރައްޔިތުންގެ ވިންދާ އެއްގޮތަށް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެެ އެވެ.މިއަދު މުޅި ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މޭޔަރުކަމުގެ ވޯޓުގައި މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާގޮތުން، މާލެ، ހދ. ކުޅުދުއްފުށީ، ގދ. ތިނަދޫ، ފުވައްމުލައް އަދި އައްޑޫ ސިޓީގެ މޭޔަރުކަން އެމްޑީޕީއަށް ވަނީ ދެ ވަނަ ދައުރަކަށް ލިބިފަ އެވެ. ތިނަދޫ ފިޔަވައި އެހެން ހުރިހާ ގޮނޑިއެއް ވެސް އެމްޑީޕީން ކާމިޔާބުކުރީ ތަފާތު ބޮޑުކޮށެވެ.މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ދައްކާ ގޮތުގައި ފަސް ސިޓީގެ ތެރެއިން ތިނަދޫ ފިޔަވައި އެހެން ހުރިހާ ސިޓީތަކުގެ މޭޔަރު ގޮނޑި އެމްޑީޕީއިން ކާމިޔާބުކުރީ ވަރަށް ތަފާތު ބޮޑުކޮށެވެ.ރައީސް މުއިއްޒު މިރޭ ސޯޝަލް މީޑިއާގައި ވިދާޅުވީ މިއަދު ބޭއްވި ތިން އިންތިހާބުގެ ނަތީޖާ ވެސް އިހުތިރާމާ އެކު ބަލައިގަންނަވާ ކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ކުރި ހުރިހާ ކެންޑިޑޭޓުންނަށް ރައީސް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ."ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތްﷲގެ ވާގިފުޅާ އެކު ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ