މި ކާމިޔާބީއާ ގުޅިގެން ފިޝަރީޒް މިނިސްޓްރީން ބުނީ މިއީ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށާއި، މަސްވެރިންނަށާއި މަސް ޕްރެސެސްކުރާ ސިނާއަތަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ.
ދިވެހިރާއްޖޭގެ ދޮށީގެ ކަނޑުމަސްވެރިކަމަކީ 2012 ވަނަ އަހަރުން ފެށިގެން އެމްއެސްސީ ސެޓްފިކެޓް ލިބިފައިވާ މަސްވެރިކަމެކެވެ. ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަމަށް 2014 ވަނަ އަހަރު މި ސެޓްފިކެޓް ލިބުނު ނަމަވެސް، އިންޑިއާ ކަނޑުގެ ކަންނެލީގެ އާބާދީ މަދުވުމުގެ ސަބަބުން 2017 ވަނަ އަހަރު އެ ސެޓްފިކެޓް ސަސްޕެންޑް ކުރިއެވެ.
މީގެ ތެރޭގައި ހިމެނެނީ، މަހުގެ އާބާދީ ދެމެހެއްޓުމާއި އިތުރުކުރުމާއި މަސްވެރިކަމުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރުތައް ކުޑަކުރުމާއި އިންސާނީ ޙައްޤުތަކާއި އިޖުތިމާޢީ ޒިންމާގެ މިންގަނޑުތައް ހިފެހެއްޓުމެވެ.
މި އައު ކުރިއެރުންތަކާއެކު، އެމްއެސްޕީއީއޭ އިން ވަނީ މިހާރު އޮތް އެމްއެސްސީ ސެޓްފިކެޓްގެ ދާއިރާ އިތުރަށް ފުޅާކޮށްފައެވެ. އެގޮތުން، ދޮށީގެ މަސްވެރިކަމުގެ އިތުރުން އަތުނަނުގެ މަސްވެރިކަމުން ބާނާ ރީނދޫ އުރަހަ ކަންނެލި ވެސް މިހާރު ވަނީ މި ސެޓްފިކެޓްގެ ދާއިރާގައި ހިމަނާފައެވެ.
ރާއްޖޭގައި ބާނާ ކަންނެލި މަހަށް އެމްއެސްސީ ސެޓްފިކެޓް ލިބިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ