ފުލުހަށް 43 އަހަރު ޚިދުމަތްކޮށްދެއްވި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އަބްދުއްޝަކޫރު އަވަހާރަވެއްޖެ

ދިވެހި ފުލުހުންގެ ޚިދުމަތުގައި 43 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔާޑް އަބްދުއްޝަކޫރު އަބްދުﷲ މިއަދު އަވަހާރަވެއްޖެއެވެ. މަޢުލޫމާތު ލިބޭ ގޮތުގައި އަބްދުއްޝަކޫރު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި އިންޑިއާގައެވެ. އަބްދުއްޝަކޫރަކީ ފުލުހުންގެ ޚިދުމަތް ބިނާކުރުމުގައާއި، ތަރައްޤީކުރުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ފުލުހުންގެ ޚިދުމަތުގައި 43 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، އޭނާ ރިޓަޔާކުރެއްވީ މާޗު، ފަހެއް 2009 ގައެވެ. އަބްދުއްޝަކޫރު އަވަހާރަވުމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ތައުޒިޔާ ކިޔާފައެވެ. ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންގެ އަގު ވަޒަންކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 2024 ވަނަ އަހަރު "ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު" އަބްދުއްޝަކޫރު އަބްދުﷲ އަށް އަރުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ