އެފްރިކާގައި ވަރަށް ފުޅާ ދާއިރާއެއްގައި އޭވިއޭޝަން ނެޓްވޯކުތަކެއް އެބަހުރި ކަމަށާއި، އެ ނެޓްވޯކުތަކުން ރާއްޖެއަށް ދަތުރުތައް ފަށަން މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އޮފް އެކެނޮމިކް ޑެވަލޮޕްމަންޓް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސަޢީދު ވަނީ ކަނޑު މަގުންނާއި ވައިގެ މަގުން ލިންކް ތަކެއް އެޅެން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ކަނޑު މަގުންނާއި ވައިގެ މަގުން ލިންކްތައް އެޅުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ސަޢީދު ފާހަގަކުރެއްވިއެވެ.
އެފްރިކާގައި ހުރި އޭވިއޭޝަން ނެޓްވޯކުތަކުން ރާއްޖެއަށް ދަތުރު ކުރަން ފެށުމުން ފަސޭހަކޮށް ސަސްޓެއިން ކުރަން މަގުފަހިވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ސަޢީދު ވަނީ ފާހަކުރައްވައިފައެވެ.
މީގެ އިތުރުން، އެފްރިކާއިން މުދަލާއި ޓޫރިސްޓުން ގެނައިސް ނެޓްވޯކެއް ގާއިމުކުރުމަށް މިނިސްޓްރީތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ސަޢީދު ފާހަފަކުރެއްވިއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުނެނެވެ. އެގޮތުން، ރާއްޖެއަށް އަންނަ އެއާލައިންތައް އިތުރުކޮށް ރާއްޖެއަށް މިހާރު އޮޕަރޭޓް ކުރަމުންދާ އެއާލައިންތަކުން ކުރާ ދަތުރުތައް އިތުރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
އެފްރިކާގެ އޭވިއޭޝަން ނެޓްވޯކުތަކުން ރާއްޖެއަށް ކަނެކްޝަންތައް ފެށުމުގެ މަސައްކަތް ދަނީ ކުރިއަށް: ސަޢީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ