ރާއްޖެއަކީ ޓީބީގެ، ފަރުވާ ހަރުދަނާވެފައިވާ ގައުމެއް: ރައީސް
ދުނިޔޭގެ ނިސްބަތުން ޓީބީ މަދު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ފަޚުރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.ނިސްބަތުން ޓީބީ މަދު އަދި ހަރުދަނާކަމާ އެކު ފަރުވާ ފޯރުކޮށްދޭ ގައުމަކަށް ވާތީ ރާއްޖެއަކީ ފަހުރުވެރި ގައުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.ދުނިޔޭގެ ޓީބީ ދުވަހާ ގުޅިގެން، ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޓީބީ އަކީ ބަލިން ރައްކާތެރިވެ، ފަރުވާ ކުރެވޭނެ ބައްޔަކަށްވިއަސް ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް އަދިވެސް އެ ބަލީގެ އަސަރު ކުރާ ކަމަށެވެ.ރައީސް ވިދާޅުވީ އެ ބަލި ނައްތާލަން ހަރުދަނާ ސިއްހީ ނިޒާމު ދެނެގަނެ، މުޖުތަމައުގެ ބައިވެރިވުމުގެ މުހިއްމުކަން ފާހަގަކުރެވޭ ކަމަށެވެ.އެ މަނިކުފާނު ވިދާޅުވީ ޓީބީން ސަލާމަތްވެފައިވާ މުސްތަގުބަލަކަށް ވާސިލުވުމަށްޓަކައި، ޞިއްޙީ ޚިދުމަތްތެރިންނާއި މުޖުތަމަޢު ގުޅިގެން، އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމުގެ އަޒުމް ކަނޑައަޅަންޖެ ހޭ ކަމަށެވެ.ދުނިޔޭގެ ޓީބީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ މާޗް މަހުގެ 24 އެވެ. ޓީބީއަކީ މައިކްރޯ ބެކްޓީރިއަމް ޓިއުބަކިއުލޯސިސް ކިޔާ ބެކްޓީރިއާއެއްގެ ޒަރިއްޔާއިން ޖެހޭ ބައްޔެކެވެ. އެޗްޕީއޭ އިން އެންމެ ފަހުން ހިއްސާކުރި މައުލޫމާތުތައް ދައްކާ ގޮތުން، ރާއްޖޭގައި 2024 ވަނަ އަހަރު 148 މީހުންނަށް ޓީބީ ޖެހިގެން ރިޕޯޓުކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ