ހަނގުރާމައާ ގުޅިގެން ކާބޯތަކެތި ލިބުމުގައި ދައްޗެއް ނެތް: ސައީދު
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ ކާބޯތަކެތި ގެނައުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.ރައީސް އޮފީހުގައި މިއަދު ހެނދުނު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސަޢީދު ވިދާޅުވީ، ހަނގުރާމައިގެ ދަނޑިވަޅުގައި، އިންޑޮނޭޝިއާ އާއި މެލޭޝިއާ އާއި އޮމާން ފަދަ ގައުމުތަކުން ކުރިން ނުގެންނަ ވަރަށް ބައެއް މުދާ، އަމިއްލަ ވިޔަފާރިތަކުން ގެންނަ ކަމަށެވެ.ސަޢީދު ވިދާޅުވީ، ކާބޯތަކެއްޗާއި އެކި ވައްތަރުގެ މުދާ ޗައިނާއިން ފަސޭހަކަމާއެކު ލިބޭ ކަމަށާއި، ބޭނުން ވަގުތެއްގައި މުދާ ލިބޭނެ ކަމުގެ ޔަގީންކަން އަބަދުވެސް އެބައޮތް ކަމަށެވެ."މީގެ ކުރިން އަޅުގަނޑުމެން މަސައްކަތްނުކުރާ ބައެއް މާކެޓުތަކާ އެއްކޮށް ވެސް އެބަ ކުރަން، މިސާލަކަށް އެފްރިކާގެ ޚާއްސަކޮށް ބައެއް ގައުމުތަކާއެކު ވެސް ކަންކަމުގައި ކުރިއަށްދާން އެބަ މަސައްކަތްކުރަން،" ސަޢީދު ވިދާޅުވިއެވެ.ސައީދު ވިދާޅުވީ، މި ހާލަތުގައި ވެސް އިތުރު އާމްދަނީ ހޯދޭނެ ގޮތްތައް ފަހި ކުރުމަށް، އިގްތިސާދު އެހެން ގޮތްތަކަށް ޑައިވާސިފައި ކުރުމަށް ވެސް އިސްކަންދޭ ކަމަށެވެ. އެގޮތުން އެސްއީޒެޑްގެ ތެރެއިން ސަސްޓެއިނަބަލް ޓައުންޝިޕްގެ މަސައްކަތް ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެ ޕްރޮޖެކްޓަށް ބޭނުންވާ ސަރަހައްދު އެއްކޮށް ހިއްކާ ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ