ދިރާގުޕޭއިން ދޭ 50،000 ރުފިޔާގެ ނަސީބުވެރިޔާ އިއުލާނުކޮށްފި

ދިރާގު ފިންޓެކްއިން ކުރިއަށް ގެންދިޔަ, ދިރާގުޕޭ ޑައުންލޯޑުކޮށް ރަޖިސްޓަރީކޮށްގެން 50،000 ރުފިޔާ ހޯދުމުގެ ޕްރޮމޯޝަންގެ ނަސީބުވެރިޔާ އިއުލާންކޮށްފިއެވެ. ދިރާގުން އިއުލާންކުރި ގޮތުގައި، އެ ނަސީބުވެރިޔާއަކީ މުހައްމަދު އިބްރާހިމެވެ. އެ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވައިފައިވަނީ ދިރާގުޕޭއަށް ރަޖިސްޓަރީކޮށްފައިވާ އަދި އަލަށް ރަޖިސްޓަރީކުރި ކަސްޓަމަރުންގެ މެދުގައި ގުރުއަތުލައިގެންނެވެ. އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު އެ ޕްރޮމޯޝަންގައި ގިނަ އަދަދެއްގެ ކަސްޓަމަރުން ވަނީ ބައިވެރިވެފައެވެ. ދިރާގުޕޭ އީ-ވޮލެޓްއިން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިން، ސަބް ވޮލެޓް، ޕިއާ-ޓު-ޕިއާ ޓްރާންސްފާ، ފަވަރަ ޓްރާންސްފާ އަދި ބިލަށް ފައިސާދެއްކުން ފަދަ ކަސްޓަމަރުންނަށް ބޭނުންތެރި ޚިދުމަތްތައް ހިމެނެއެވެ. ދިރާގުން ބުނީ އެ ޚާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. ދިރާގު ފިންޓެކްގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ