އުއްމީދަކީ ހޯރަފުށިީ އިސްލާމީ މަރުކަޒުގެ އަމަލީ މަސައްކަތް ފެށުން: ކައުންސިލް ރައީސް
އުއްމީދަކީ ހޯރަފުށިީ އިސްލާމީ މަރުކަޒުގެ އަމަލީ މަސައްކަތް ފެށުން ކަމަށް ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.ވަހީދު މިހެން ވިދާޅުވިއިރު ހއ. އިހަވަންދޫގައި އިސްލާމިކް ސެންޓަރެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިފަހުން ވަނީ ސޮއިކޮށްފަ އެވެ. އިހަވަންދޫގައި އިސްލާމިކް ސެންޓަރެއް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރީ ފީޑޯ ޕްރައިވެޓް ލިޓެޑާއެވެ. މި މަސައްކަތުގައި 700 މީހުންގެ ޖާގައިގެ މިސްކިތު ބައިގައި، ފިރިހެނުންގެ އިތުރުން، އަންހެނުންނަށް ނަމާދުކުރެވޭ ޖާގަ ހިމެނެ އެވެ. މި އިސްލާމީ މަރުކަޒުގައި ވުޞޫކުރާ ބައި، ކްލާސްރޫމާއި ލައިބްރަރީ އަދި ކޮންވެންޝަން ހޯލެއް ތަރައްގީކުރާނެ އެވެ. ވަހީދު މިފަހުން ވަނީ ހޯރަފުށީގައި ކުރީ ސަރުކާރުން ފަށާފައި ހުރި މަޝްރޫއުތައް ވީ އެންމެ އަވަހަކަށް ނިންމައި ދިނުމަށް މި ސަރުކާރަށް ގޮވާލައްވައިފަ އެވެ."ކައުންސިލާ, އަޅުގަނޑުމެން ރައްޔިތުން މަސައްކަތް ކޮށްގެން, ފެނަކަ ކޯޕަރޭޝަން އާއި ވާހަކަ ދައްކައިގެން, މިނިސްޓްރީ ލެވެލްގައި ވާހަކަ ދައްކައިގެން, އެތަން ރަނިން ކޮންޑިޝަންއަށް ގެނެވޭނެ ކަހަލަ ގޮތަކަށް ވަރަށް ބޮޑެތި ވާހަކަތައް މަޝްވަރާތައް އެބަދޭ. އަދިވެސް ހެޔޮ ނަތީޖާ އެއް ނުފެނޭ" ވަހީދު ވިދާޅުވި އެވެ. ތަރައްގީގެ ބާރު ދުވެލީގައި ކުރިއަރަމުންއައި ހޯރަފުށި މިހާރު ވަނީ ބުރެކި ޖެހިފަ ކަމަށް ވެސް ވަހީދު މިފަހުން ވަނީ ވިދާޅުވެފަ އެވެ. ހޯރަފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ އެރަށުގެ ރައްޔިތުން އެންމެ އެދޭ ހިދުމަތްތަކާއި، އެންމެ ބޭނުންވާ ކަންކަން ފެށިގެން ދާނެކަމުގެ އުންމީދުގައި ތިބި ނަމަވެސް ރައީސް އެރަށް ވަޑައިގެން ދެއްކެވި ވާހަކައިގައި އެކަންކަން ފުރިހަމަ ގޮތެއްގައި ފާހަގަ ކުރައްވާފައި ނުވުމުން، ތަރައްގީގެ ރޭހުގައި ހއ. އަތޮޅުގެ ވާދަވެރި ރަށްތަކަށް އުފާވެރިކަމާއި އުންމީދު އާވެގެން ދިޔަ ނަމަވެސް ހޯރަފުށީގެ ރައްޔިތުންނަށް ލިބިގެން ދިޔައީ މާޔޫސް ކަމެއް ކަމެވެ. ރައީސް މުއިއްޒުގެ ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމެން ދާއިރު ހޯރަފުށީ ދާއިރާގެ އުމްރާނީ ތަރައްގީގެ ކުރިމަގާއިމެދު ޖަވާބު ބޭނުން ގިނަ ސުވާލުތަކެއް މިހާރު ވަނީ އުފެދިފަ އެވެ. ވައުދު ވުމަކީ ސަމާސާއަކަށް މި ސަރުކާރުގެ ބައެއް ވެރިން މިއަދު ހަދައިފި އެވެ. އަދި އިންތިހާބުވި މީހުން ގޮނޑިތަކުގައި ހަމަޖެހިލުމަށްފަހު ވައުދު ލިސްޓް ނަނގާލީ ޑަސްބިނަށެވެ. އަދި ބައެއް ވައުދަކީ މީހަކު ބުނެގެން މީހަކަށް ވީ ވައުދުކަމަށް ބުނެ ވެސް އެކަމުން އަންނަނީ ބޯދަމައިގަންނަމުން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ