ދުނިޔޭގެ ރެކޯޑް ޑައިވް އެކްސްޕެޑިޝަން "އެކްރޮސް މޯލްޑިވްސް"ގައި އުރީދޫ މޯލްޑިވްސް ޕާޓްނަރަކަށް

ކަނޑުތައް ހިމާޔަތް ކުރުމަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ދުނިޔޭގެ ރެކޯޑް މުގުރާލުމަށް "އެކްރޮސް މޯލްޑިވްސް" އިން ކުރަމުންދާ އަޑީ ސީ އެކްސްޕެޑިޝަނެއްގައި ދުނިޔޭގެ ރެކޯޑް މުގުރާލުމަށް ކުރަމުންދާ މަސައްކަތުގައި އުރީދޫން ބައިވެރިވާން ސޮއިކޮށްފިއެވެ. ގާތްގަނޑަކަށް 460 ކިލޯމީޓަރަށްވުރެ ދިގު މި ދަތުރުގައި 90 ގަޑިއިރަށް ވުރެ ދިގު މުއްދަތަކަށް ކަނޑުއަޑީގައި ދަތުރު ކުރާނެއެވެ. މި ހަރަކާތުގެ މަޤްސަދަކީ ރާއްޖޭގެ ކަނޑުގެ ދިރުންތައް ޙިމާޔަތްކުރުމާއި، ކަނޑުތައް ދެމެހެއްޓެނިވި ގޮތެއްގައި ދެމެހެއްޓުމަށް އާންމުން ހޭލުންތެރިކުރުވުމެވެ. ޑިޖިޓަލް ޕާޓްނަރެއްގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސް އިން މި ކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ޑިޖިޓަލް ކަނެކްޓިވިޓީގެ ޒަރިއްޔާއިން ރާއްޖޭގެ ކަނޑުތަކުގެ ވާހަކަ މުޅި ދުނިޔެއާ ހިއްސާ ކުރާނެއެވެ. މި ޕާޓްނަޝިޕްގެ ސަބަބުން އުރީދޫ މޯލްޑިވްސްއިން ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައުގައި ކުރިއަށްދާ އީޖާދީ މަސައްކަތްތައް ކުރިއެރުވުމަށް ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދެއެވެ. އުރީދޫއިން ދަނީ ޓެކްނޮލޮޖީ އާއި މުޖުތަމައަށް ފައިދާ ކުރަނިވި ކަންކަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ރަނގަޅު ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ