މި ރޯދަމަހާ ގުޅިގެން އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިރާގުޕޭ މެދުވެރިކޮށް މީލް ޕެކް ހަދިޔާކުރުމާއި ބޭނުންޖެހިފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ތަފްސީލް - މީލް ޕެކް ހަދިޔާކުރުމުގެ ހަރަކާތަކީ މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސްއާ ގުޅިގެން، މާލެ ސަރަހައްދުގެ މިސްކިތްތައް ކައިރިން ބިދޭސީ މަސައްކަތްތެރިންނަށް ރޯދަވީއްލުމުގެ ކެއުން ފޯރުކޮށްދިނުމަށް ހިންގާ ހަރަކާތެކެވެ. އެގޮތުން:
މި ހަރަކާތް ފެށުމުގެ ގޮތުން ދިރާގުން ވަނީ 1،000 މީލް ޕެކް މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސްއަށް ހަދިޔާކޮށްފައި
ދިރާގުޕޭ ބޭނުންކުރާ ފަރާތްތަކަށް، އެޕް މެދުވެރިކޮށް 60ރ.އަށް މީލްޕެކެއް ހަދިޔާކުރުމުގެ ފުރުސަތު ލިބޭނެ
މީގެ އިތުރުން، އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިރާގުން ވަނީ މަމްސް އެއިޑްއާ ގުޅިގެން އެހީތެރިކަން ބޭނުންވާ 100 އާއިލާއަކަށް ރޯދަމަހަށް ހާއްސަ ކެއާ ބާސްކެޓެއް ފޯރުކޮށްދީފަ އެވެ. މި ކެއާ ބާސްކެޓްތައް ދޭނީ އެހީތެރިކަން ބޭނުންވާ އެކަނިވެރި މައިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ އާއިލާތަކަށެވެ. އެގޮތުން:
މި ކެއާ ބާސްކެޓްގައި ރޯދަމަހަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް ހިމެނޭނެ
މި ހަރަކާތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަސްޓަމަރުންނަށް ކެއާ ބާސްކެޓްއެއް 1،200ރ.އަށް ނުވަތަ ބޭނުން ކޮންމެ އަދަދެއް ވެސް ހަދިޔާ ކުރުމުގެ ފުރުސަތު ދިރާގުޕޭ މެދުވެރިކޮށް ލިބޭނެ
އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ކަސްޓަމަރުންނަށް:
ދިރާގުޕޭ އެޕްލިކޭޝަނުގެ 'ފީޗާޑް ސާވިސް'އަށް ފިތާލުމުން، ހަދިޔާ ކުރަން ބޭނުންވާ ފަރާތަކަށް ފަސޭހަކަމާ އެކު ފައިސާ ހަދިޔާކުރެވޭނެ
ހަދިޔާ ކުރާ ފައިސާ ސީދާ އެ ޖަމިއްޔާތަކުގެ އެކައުންޓްއަށް ޖަމާވާނެ
ދިރާގުޕޭން މީލް ޕެކާއި ބޭނުންޖެހިފައިވާ އާއިލާތަކަށް ހަދިޔާ ދެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ