އަންނަ އަހަރު އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މަސައްކަތަށް 260އަށް ވުރެ ގިނަ މުވައްޒަފުން ހޯދަން, އިލެކްޝަން ކޮމިޝަން (އީސީ)އިން އިއްޔެ އިއުލާނުކޮށްފިއެވެ.
އީސީން ބުނީ ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ފަހިކުރުމުގެ ގޮތުން ވޯކް-އިން އިންޓަވިއުއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ގޮތުން، މި އިންޓަވިއުތައް އޮންނާނީ މިމަހުގެ 29, 30, ވާ އަންނަ ހަފުތާ ބަންދުގައެވެ. ހުކުރު ދުވަހު ކަލާފާނު ސްކޫލްގައި އިންޓަވިއު އޮންނާނީ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ކަމަށް އީސީން ބުނެއެވެ.
ވޯކް-އިން އިންޓަވިއުއަށް ފަހު އެ މަގާމުތަކަށް މުވައްޒަފުން ހަމަނުވާ ނަމަ، އެ މަގާމުތަކަށް އިއުލާނުގައިވާ އަދަދަށް މުވައްޒަފުން ހަމަވަންދެން، އަންނަ މަހު އެކަކުން ފެށިގެން ކޮންމެ 15 ދުވަހަކުން މަގާމަށް ކުރިމަތިލާފައިވާ މީހުން އިވެލުއޭޓްކޮށް މީހުން ނަގަމުން ދާނެ ކަމަށްވެސް އީސީން ބުންޏެވެ.
އީސީން ބުނީ މި ވަޒީފާތަކުގެ އިންޓަވިއު އާއި އިމްތިހާނު ކުރިއަށް ގެންދާނީ އަންނަ މަހު އެކަކުން ފެށިގެން އަންނަ އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ ކޮމިޝަންގެ އިދާރާގައި ކަމަށެވެ.
ކޮންމެ އިންތިޚާބަކާ ދިމާކޮށް ކޮމިޝަނުގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް އީސީން ކުރެއެވެ.
ސިޔާސީ ޕާޓީތަކަށް ދެން ވަދެވޭނީ ހަމައެކަނި އީ-ފާސް މެދުވެރިކޮށް އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު، ތަޞްދީޤުކުރައްވައިފި ފުއާދުގެ ދައުރު ހަމަވާތީ އީސީ އަށް ހަސީބު އައްޔަންކުރަން ފޮނުވައިފި މާރަންދޫ ކައުންސިލުގެ ބައި އިލެކްޝަނ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ