3 ކުޅިވަރު މަޝްރޫއުއެއް ތަރައްގީކުރަން އެމްޓީސީސީއާ އެކު ސޮއިކޮށްފި! އަބްދުއްރަހުމާން އާދަމް މަރާލި މައްސަލަ އާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމުގެ ތުހުމަތުގައި އައްޑޫ މީހަކު ހައްޔަރުކޮށްފި ​“ބީވާ އާއިލީ ހަވީރު”

ތެލަސީމިއާ ކެރިއަރުން ކައިވެނި ކުރުމުގެ ކުރިން ޕްރޮގްރާމެއް ފުރިހަމަކުރުމަށް ލާޒިމުކުރަން ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ތަސްދީގުނުކުރައްވައި، އަނބުރާ މަޖިލީހަށް ފޮނުއްވައިފިއެވެ.
މި ބިލަކީ، އޮގަސްޓް 6، 2025 ވީ ބުދަ ދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކޮށް، ތަސްދީގުކުރުމަށް ފޮނުވި ބިލެކެވެ.
ރައީސް އޮފީހުން ބުނީ، މި ބިލު އަނބުރާ މަޖިލީހަށް ފޮނުވަން ރައީސް ނިންމެވީ، ބިލަށް އިތުރު އިޞްލާޙުތަކެއް ގެނައުމަށް މޯލްޑިވިއަން ބްލަޑް ސާވިސަސްއާއި ތެލަސީމިއާ ކެރިއަރުންނާއި އެ ފަރާތްތަކުގެ ޢާއިލާތަކުން ބައެއް ހުށަހެޅުންތައް ލިބިފައިވާތީ ކަމަށެވެ. އެހެން ކަމުން ގާނޫނު އަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިސްލާހްތަކާ މެދު ވިސްނުމަށް ރައީސް ވަނީ އެ ބިލު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުއްވާފައެވެ.
މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނަސީރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ