ދުނިޔޭގެ ޖޫނިއާ ސްވިމިން މުބާރާތުގައި މެރާލް، ތަޒްކިޔާ އަދި އިޒްޔާނަށް ގައުމީ ރެކޯޑެއް ދުނިޔޭގެ ޖޫނިއާ ސްވިމިން މުބާރާތުގައި މެރާލް، ތަޒްކިޔާ އަދި އިޒްޔާނަށް ގައުމީ ރެކޯޑެއް

ރުމޭނިއާގައި މިހާރު ކުރިއަށްދާ 10 ވަނަ، ދުނިޔޭގެ ޖޫނިއާ ފެތުމުގެ މުބާރާތް، ވޯލްޑް އެކުއަޓިކްސް ޖޫނިއާ ސްވިމިން ޗެމްޕިއަންޝިޕްގައި، ރާއްޖޭގެ ގައުމީ ޓީމުގެ މެރާލް އައިން ލަތީފާއި އަމްނާ ތަޒްކިޔާ މިރުސާދު އަދި އިޒްޔާން ނާޒިމް ވަނީ ގައުމީ ރެކޯޑްތަކެއް ކޮށްފި އެވެ.
މި ތިން ރެކޯޑާ އެކު، މި މުބާރާތުގައި ގައުމީ ފެތުންތެރިން އާ ކުރި ގައުމީ ރެކޯޑްގެ ޖުމްލަ ވަނީ ހަތަކަށް އަރައިފަ އެވެ.
އެ ގޮތުން، އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް، މެރާލް އާކޮށްފައިވަނީ 02:42.46 އިން އިވެންޓު ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީ ވެސް މެރާލް އެވެ. އެއީ، ދާދި ފަހުން، ސިންގަޕޫރުގައި ކުރިއަށްދިޔަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި 02:44.34 އިން ރޭސް ނިންމައިގެންނެވެ.
ލޯންގް ކޯސް 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު އިޒްޔާންއާކޮށްފައިވަނީ 02:45.21 އިން އިވެންޓު ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީ އިފްޟާލް އިބްރާހީމް މަޙްފޫޠް އެވެ. އެ ގޮތުން، ފިލިޕީންސްގެ ނިއު ކްލާކް ސިޓީގައި މިދިޔަ އަހަރު ބޭއްވުނު 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕް ގައި އިފްޟާލް މި އިވެންޓުގެ ޤައުމީ ރެކޯރޑް އާކޮށްފައިވަނީ 02:45.81 އިން ރޭސް ނިންމައިގެންނެވެ.
އަންހެނުންގެ ލޯންގް ކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް، ތަޒްކިޔާ އާކޮށްފައިވަނީ 00:32.77 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ އައިޝަތު އުލްޔާ ޝާއިގް އެވެ. އެއީ، މިދިޔަ އަހަރު އޮސްޓްރޭލިއާ ގައި ކުރިއަށްދިޔަ އެސް.ޑަބްލިއު.އޭ (ސްވިމިންގ ވެސްޓަރން އޮސްޓްރޭލިއާ) ހެންކޮކް ޕްރޮސްޕެކްޓިންް ސްޓޭޓް ޗެމްޕިއަންޝިޕް ގައި 00:34.18 އިން އިވެންޓު ފުރިހަމަ ކޮށްގެންނެވެ.
ޖޫނިއާ ގައުމީ ޓީމުން މި މުބާރާތުގައި ހެދި ރެކޯޑްތަކަކީ، އަންހެނުންގެ ލޯންގް ކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުން މެރާލް ހެދި ރެކޯޑާއި ފިރިހެނުންގެ ލޯންގް ކޯސް 50 މީޓަރާއި 100 މީޓަރު އިވެންޓްގައި، ލޫތު މުހައްމަދު ހުސެއިން ހެދި ރެކޯޑްްގެ އިތުރުން، އަންހެނުންގެ ލޯންގް ކޯސް 4 ގުނަ 200 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓުގެ ގައުމީ ރެކޯޑް ވަނީ އާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ