ފައިސާވެރިޔާ އަދި މަހުޖަނު ގާސިމް އިބުރާހިމް މިއަދު ކުއްލި ގޮތަކަށް ރައީސް މުއިއްޒުއަށް ސަނާ ވިދާޅުވެ, ސަރުކާރު ދިފާއު ކުރައްވަން ފައްޓަވައިފިއެވެ.
އެގޮތުން ގާސިމްވަނީ ރައީސް މުއިއްޒު އަޒުލު ކުރުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލާ, އަދި 3 ވަޒީރަކަށް ރުހުން ނުދިނުމަށް ނިންމި ނިންމުން ކުށްވެރިވެސް ކޮށްފައެވެ. 3 ވަޒީރަކަށް ރުހުން ނުދިނުމަށް ނިންމި ނިންމުން ގާސިމް ކުށްވެރި ކުރައްވާފައިވާއިރު, ރުހުން ދިނުމުގެ ޖަލްސާގައިވެސް އޭނާވަނީ ވަޒީރުންނަށް ރުހުން ދިނުމަށް ވަކާލާތުކޮށް ވާހަކަ ދައްކަވާފައެވެ.
އެހެންނަމަވެސް ރުހުން ދިނުމަށް ނެގި ވޯޓުގައި ގާސިމް ބައިވެރި ވެފައެއް ނުވެއެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ގާސިމް ކުއްލި ގޮތަކަށް ސަރުކާރަށް ކޮޅުނެތްކޮޅަށް ސަނާ ކިޔަންފެށީ ސަރުކާރުން ބޮޑު “ޑީލެއް” ނިންމަން ކަމުގައެވެ.
ގާސިމްވަނީ ޕީއެންސީގެ މަޖިލިސް ކެމްޕޭނަށް 50 މިލިއަން ރުފިޔާ ދިނުމަށް ވައުދުވެ, ރިޝްވަތު ދީގެން އޭނާ މެމްބަރުކަން ކުރައްވަމުން ގެންދަވާ މާމިގިލީ ދާއިރާއަށް ޕީއެންސީން ކެނޑިޑޭޓަކު ނުނެރޭނެކަން ކަށަވަރު ކުރައްވާފައެވެ. އަދި އޭނާ މިހާރު ގެންދަވަނީ އޭނާގެ އަނބިކަބަލުން އައިޝަތު ނަހުލާ ހުޅުމާލޭ ދެކުނު ދާއިރާއަށް ވާދަކުރާތީ, އެދާއިރާއަށް ވާދަކުރާ ޕީއެންސީގެ ކެނޑިޑޭޓްގެ ނަން އަނބުރާ ގެންދިއުމަށް މަޖުބޫރު ކުރުވަމުންނެވެ.
މަހުޖަނު ގާސިމްއަކީ, އަބަދުވެސް އަންނަ ކޮންމެ ސަރުކާރަކަށް ސަނާ ކިޔައިގެން, ރިޝްވަތު ދީގެން ސިޔާސީ ކަންކަން ހާސިލް ކުރަމުންދާ ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ.
މަހުޖަނު ގާސިމް ކުއްލި ގޮތަކަށް ރައީސް މުއިއްޒުއަށް ކޮޅުނެތްކޮޅަށް ސަނާ ވިދާޅުވެ ތައުރީފް ކުރައްވަން ފައްޓަވައިފި! އަމާޒަކީ ސަރުކާރުގެ ސޮވެރިން ގެރެންޓީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ