ވަތަނީ ހިދުމަތުގެ ފުރަތަމަ ބުރަށް 1244 ޒުވާނުން، ޖިސްމާނީ ދުޅަހެޔޮ އެންމެނަށް ފުރުސަތު

ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބުރަށް 1244 ޒުވާނުން ކުރިމަތިލާފައިވާ ކަމަށާ މި ޒުވާނުންގެ ތެރެއިން ޖިސްމާނީ އަދި ސިއްހީ ދުޅަހެޔޮކަން ހުރި އެންމެނަށް ފުރުސަތު ދޭން ނިންމައިފި އެވެ.
ދާހިލީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވަތަނީ ހިދުމަތަށް މިހާރު ކުރިމަތިލާފައިވާ މީހުން, ތަމްރީނަށް ނަގަމުން ގެންދާނީ އެޕްލައި ކޮށްފައިވާ ތަރުތީބުން ލިސްޓް ތަރުތީބު ކުރުމަށް ފަހު އެ ތަރުތީބަށް ބަލައިގެން ކަމަށެވެ.
އަދި ތަމްރީނުގެ އެއް ބުރު ނިމުމާއެކު ލަސްނުވެ އަނެއް ބުރުގެ ތަމްރީނު ފަށާނެ ކަމަށެވެ.
ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނަށް ހުށައަޅާފައިވާ ކޮންމެ ޒުވާނަކަށް ވެސް ތަމްރީނުން ޖާގަ ލިބިފައިވާ ގޮތާއި ގުޅޭގޮތުން އެ ވުޒާރާ އިން މައުލޫމާތު ހިއްސާ ކުރާނެ ކަމަށާ އަދި ތަމްރީނުގެ ފުރަތަމަ ބުރަށް ޝޯޓްލިސްޓް ކުރެވިފައިވާ މީހުންނާއި ފުރަތަމަ ބުރުގެ ރިޒާވް ކެންޑިޑޭޓުންގެ ގޮތުގައި ޝޯޓް ލިސްޓް ކުރެވިފައިވާ މީހުންނަށް ސިލެކްޝަން ޕްރޮސެސްއާ ގުޅޭ މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.
ސިލެކްޝަން ޕްރޮސެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާ އެ ކެންޑިޑޭޓަކަށް އެންމެ ފަސޭހަ ސްޓޭޝަނަކަށް ހާޒިރުވެ ސިލެކްޝަން ޕްރޮސެސްގެ ކަންކަން ފުރިހަމަ ކުރުމުގެ ފުރުސަތު ދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ