އެންމެ ތަފްޞީލީ، ފުރިހަމަ ރިޔާސީ ބަޔާން އިއްވި ރައީސަކީ ޑރ. މުއިއްޒު: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ރައްޔިތުންނަށް އިއްވެވި އެންމެ ތަފްޞީލީ، އެންމެ ފުރިހަމަ ރިޔާސީ ބަޔާން އިއްވާފައިވަނީ އަދުގެ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެކްސްގައި ކުރެއްވި މި ޕޯސްޓުގައި ވަނީ އެމަނިކުފާނަށް ތަޙްނިޔާއާއި މުބާރަކް ބާދު އަރިސްކޮށް، މާމިގިލި ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ނުހަނު ޝުކުރު އަދާކުރައްވާފައެވެ.
ދިވެހި ޤައުމުގެ އިއްޔެ އާއި މިއަދުގެ ހާލަތާއި އެކު، މާދަމާއަށް ކުރާ އުންމީދުތަކާއި، ހޯއްދަވާނޭ ހައްލުތައް ވިދާޅުވެދެއްވީ ނުހަނު އުއްމީދުން ފުރިގެންވާ ގޮތުގައި ކަމަށެވެ. އަދި ދިވެހި ޤައުމު ހިންގުމުގެ އެންމެހާ ކަންކަން ޝާމިލްވާނޭހެން ތަފާސްހިސާބާއި ދިރާސާއާއި އެކު ޤާަނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބަޔާން ކުރާ ރިޔާސީ ބަޔާން ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއްވައިދެއްވި ކަމަށް ވެސް ޕޯސްޓުގައި ވެއެވެ.
މީގެ އިތުރުން، މަޖިލީހުގެ ޖަލްސާ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި 19 ވަނަ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުން ތަކެއް ބޮއިކޮޓް ކުރެއްވުމަކީ ރައްޔިތުންނަށް ކުރި ފުރައްސާރަ އަކަށް ނުވޭތޯ ވެސް ސުވާލު އުފައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ