އައިސް އޭޖްގެ އާ ބައި 2027 ގައި

ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ އެނިމޭޓެޑް ފްރެންޗައިޒް "އައިސް އޭޖް" ބޮޑު ބްރޭކަކަށް ފަހު އާ ބައެއް 2027 ގައި ނެރެން ތައްޔާރުވެއްޖެއެވެ. އެކްޓަރު ރޭ ރޮމާނޯ، ޖޯން ލެގުޒާމޯ، އަދި ކުއީން ލަޓީފާ އެނިމޭޓެޑް ފިލްމުގެ ހަވަނަ ބައެއް ނެރެން އުޅޭކަން އިއުލާނުކޮށްފައިވަނީ މީގެ ދެ ވަރަކަށް އަހަރު ކުރީންނެވެ. އެއަށް ފަހު އެއާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ. ޑިޒްނީން ހާމަކޮށްފައިވާ ގޮތުގައި އައިސް އޭޖްގެ ހަވަނަ ބަޔަށް ކިޔާނީ "އައިސް އޭޖް : ބޮއިލިން ޕޮއިންޓް" އެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ބައިގައި ލީޑް ކެރެކްޓަރުން މަސައްކަތް ކުރާނީ މުޅި ގަނޑުފެންތައް ވިރޭތީ އެކަމުން ރައްކާތެރިވާށެވެ. އަލަށް ނެރޭ ފިލްމު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހެވެ. އެއާއެކު ފޭނުން ތިބީ އާ ފިލްމަށް ކެތްމަދުވެފައި ކަމަށް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އެބަދެއެވެ. އައިސް އޭޖަކީ، އައިސް އޭޖް ދައުރުގައި ދިރިއުޅުނު މެމަލްސްތަކެއްގެ ގްރޫޕަކާ ބެހޭ އެމެރިކަން މީޑިއާ ފްރެންޗައިޒްއެކެވެ. މީގެ ތެރޭގައި ކޮމްޕިއުޓަރ-އެނިމޭޓެޑް ފިލްމުތަކާއި، ކުރު ފިލްމުތަކާއި، ޓީވީ ސްޕެޝަލްތަކާއި އަދި ވީޑިއޯ ގޭމްތަކުގެ ސިލްސިލާއެއް ހިމެނެއެވެ. ސިނަމާތަކުގައި ދެއްކި ފަސް ފިލްމަކީ 2002 ގައި ނެރުނު އައިސް އޭޖް، 2006 ގައި ނެރުނު އައިސް އޭޖް: ދަ މެލްޓްޑައުން، 2009 ގައި ނެރުނު އައިސް އޭޖް: ޑޯން އޮފް ދަ ޑައިނޯސޯރސް، 2012 ގައި ނެރުނު އައިސް އޭޖް: ކޮންޓިނެންޓަލް ޑްރިފްޓް، އަދި 2016 ގައި ނެރުނު އައިސް އޭޖް: ކޮލިޝަން ކޯސްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ