ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން ވެރިކަމުގައި ހުންނަވައިގެން ނިންމަވާ އެއްވެސް ނިންމެވުމަކަށް ބޯ ނުލަނބާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުކޮށް، ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގުމާ ގުޅިގެން ، އެކަރުދާހާއެކު މިރޭގެ ވަގުތެއްގައި ޝާހިދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް އަބްދުﷲ ޔާމީން ހިންގަވާ ކަންތައްތަކަށް ދުވަހަކުވެސް ބޯނުލަނބާނެކަން ދަންނަން ޖެހޭ ކަމަށެވެ.
އަބްދުﷲ ޝާހިދު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައިވަނީ މާދަމާ މެންދުރުފަހު 3:00 އަށެެވެ.
އަބުދުﷲ ޝާހިދަށް ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅި ކަމުގެ ތުހުމަތުކުރަނީ މިމަހު 2 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގެ އެކި ސަރަޚައްދުތަކުގައި ކުރިޔަށް ގެންދިޔަ މުޒާހަރާގައި ހަމަނުޖެހުން އުފައްދާ، ފުލުހުންނާ ކުރިމަތިލާ، އެމީހުންގެ ވާޖިބަށް ހުރަސްއެޅުމަށް މަސައްކަތްކުރުމުންނެވެ.
ރައީސް ޔާމީނަށް ބޯ ނުލަނބާނަން – އަބްދުﷲ ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ