ނިއުކްލިއާ ހަތިޔާރު ނައްތައިލަން ރާއްޖޭން ގޮވައިލަމުން އަންނަ ގޮވައިލުން ތަކުރާރު ކުރައްވާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.
ދުންޔާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ނިއުކްލިއާ ހަތިޔާރުތައް ނައްތާލައި ދުނިޔޭގެ ތާރީހުގެ ކަޅު ސަފުހާތައް ބަންދުކުރުމަށް ކުރުމަށް ރާއްޖޭން އަބަދުވެސް ގޮވާލައިފައި ވާނެ ކަމަށެވެ. މިކަމަށް ދުންޔާ ގޮވާލެއްވީ އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާއި ދެމެދު އިއްޔެ އެއްބަސް ވުމެއްގައި ސޮއިކޮށްފައި ވަނިކޮށެވެ.
ގިނަ އަދަދަކަށް ނިއުކްލިއަ ހަތިޔާރު އުފައްދާ ރައްކާކޮށްގެން ތިބި ގައުމުތައް ކަމަށްވާ އެމެރިކާއާއި އިނގިރޭސިވިލާތާއި ރަޝިއާއި ޗައިނާ އާއި ފްރާންސާއި ޖަރުމަނާއި އެކު އީރާނުން ސޮއިކުރި އެއްބަސްވުމުގެ ދަށުން އީރާނުގެ ނިއުކްލިއާ މަޝްރޫއުގެ މަސައްކަތް ކުޑަކުރަން ޖެހެއެވެ. އެގޮތުން އެގައުމުން ޔުރޭނިއަމް ފައްކާ ކުރަން ވާނީ ހަމަ އެކަނި މަދަނީ ކަންކަމަށް ބޭނުން ކުރެވޭ ވަރުގެ މަދު މިންވަރެއް ކަމަށް ވެސް އެ އެއްބަސްވުމުގައި ވެއެވެ. މި އެއްބަސް ވުމުގެ ދަށުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުވެ ފިޔަވަޅުތައް އެހެން ޤައުމު ތަކުން ނައްތާލަން ޖެހޭކަމަށް މި އެއްބަސް ވުމުގައި ވެއެވެ.
ނިއުކްލިއާ ހަތިޔާރު ނައްތައިލުމަށް ދުންޔާ މައުމޫން ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ