މާރާމާރީގެ މައްސަލަތަކުގައި ފުލުހުންނަށް ހެކި ނުލިބުނަސް އެހެން މައްސަލަތަކުގައި "ބައި ރުފިޔާއަކަށް ކިލޯއެއް"ގެ މަގުން އިންޓެލް ރިޕޯޓާއި ސިއްރު ހެކިން ލިބޭ ކަމަށް ވިދާޅުވެ، ގާނޫނީ ވަކީލް މައުމޫން ހަމީދު ފުލުހުންނަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު މާލޭގައި ހިންގި ދެ މާރާމާރީއެއްގައި 14 އަހަރުގެ ދެ ކުއްޖަކު މަރާލުމާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ފުލުހުން 19 މީހަކު ހައްޔަރުކުރި އެވެ. މައުމޫން ފާޑުވިދާޅުވީ، އެ އެންމެން ދޫކޮށްލަން ޖެހުނީ ބަންދުގައި ބޭތިއްބޭ ވަރަށް ހެކި ނެތިގެން ކަމަށް ފުލުހުން ބުނުމުންނެވެ.
Intel reports / secret witnesses unavailable to solve murder cases, but otherwise "bai rufiyaa ah kilo eh".. https://t.co/moxJ7QN1Ix— Maumoon Hameed (@maanhameed) June 4, 2016
މައުމޫން ހަމީދުގެ ޓުވީޓްމި ޓުވީޓާ ގުޅިގެން "މިހާރު" އަށް މައުމޫން ވިދާޅުވީ ފުލުހުން ތަހްގީގުކުރާ މަރުގެ މައްސަލަތަކުގައި، އާއްމުކޮށް ހެކި ނުލިބުނަސް އެހެން މައްސަލަތަކުގައި ހެއްކާއި އިންޓެލް ރިޕޯޓްތައް ވެސް ފުލުހުންނަށް ލިބޭ ކަމަށެވެ. ބައެއް މައްސަލަތަކުގައި، ފުލުހުންނަށް ލިބޭ އިންޓެލް ރިޕޯޓްގެ މައްޗަށް މީހުން ބަންދުގައި ބައިތިއްބާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަރު ނޫން އެހެން މައްސަލަތަކުގައި ސިއްރު ހެކި ވެސް ލިބޭ. އިންޓެލިޖެންސް ރިޕޯޓްތައް ވެސް ލިބޭ. މަރުގެ މައްސަލަތަކުގައި އެންމެ ކުޑަމިނުން އިންޓެލިޖެންސް ރިޕޯޓެއް ވެސް ނޯވޭ، ދުވަހަކު ވެސް ހެކި ލިބޭ ކަމަކަށް ނުވޭ،" މައުމޫން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދެ މަރެއް ހިނގާފައި ވަނިކޮށް ހައްޔަރުކުރި ބަޔަކު 24 ގަޑިއިރު ނުވަނީސް ދޫކޮށްލުމުން، ސުވާލު އުފެދެ އެވެ.
"މިހާރު އެ އަމަލުކުރި ގޮތުން ސުވާލު އުފެދޭ ގާނޫނާ ހިލާފަށް ހައްޔަރުކުރެވުނީމަ ބާއޭ އެ ދޫކޮށްލީ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ހަމީދަކީ ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.
ދެ ކުދިން މަރުވި މާރާމާރީ ހިންގާފައި ވަނިކޮށް 19 މީހަކު ހައްޔަރުކުރިއަސް އެއީ، މަރާ ގުޅުން ހުރި ބައެއް ނޫން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ދެ ކުދިންގެ މަރާ ގުޅުން ހުރި މީހަކު މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެ އެވެ.
މަރު ނޫން މައްސަލަތަކުގައި "ބައި ރުފިޔާ އަށް ކިލޯއެއް"ގެ މަގުން ހެކި ލިބޭ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ