ރައީސްގެ ޕްރެސް ކޮންފަރެންސް މިއަދު ހަވީރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހަވީރު ޕްރެސްކޮންފަރެންސެއް ދެއްވާނެކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެފައިވަނީ، ރައީސް ސޯލިހް ޕްރެސް ކޮންފަރެންސް ދެއްވާނީ މިއަދު ހަވީރު 04:00 ގައި ކަމަށެވެ.
ރައީސް ސޯލިހާއެކު މި ޕްރެސް ކޮންފަރެންސްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަދި ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ބައިވެރިވެވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
ރައީސް ސޯލިހް އެންމެފަހުން ޕްރެސްއާ ބައްދަލުކުރައްވާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ