އަމީރު އަހުމަދު ކައިރީ އޮތް ޖިޕެއްގައި ރޯވެއްޖެ

އަމީރު އަހްމަދު ޕްރީ ސްކޫލް ކައިރީ ޕާކް ކޮށްފައި އޮތް ޕްރައިވެޓް ޖިޕެއްގައި އަލިފާން ރޯވެއްޖެ އެވެ.
ފުލުހުން ބުނީ އަމީރު އަހްމަދު ޕްރީ ސްކޫލް ކައިރީ ޕާކްކޮށްފައި އޮތް ޖިޕެއްގައި ރޯވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ 12:16 އެހާކަންހާއިރު ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި އެމްއެންޑީއެފްގެ ފަޔާއެންޑް ރެސްކިއު ސާވިސް އާއި ފުލުހުން ގުޅިގެން ޖިޕުގައި ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ރޯވެފައި ވަނީ އެ ޖިޕްގެ ކުރީކޮޅު އިޖީނު ބައިގަ އެވެ. އެ ހާދިސާގައި އެޖިޕަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް އަލިފާންގަނޑު މުޅި ވެހިކަލަށް ފެތުރުމުގެ ކުރިން ވަނީ ނިންވާލާފައެވެ.
ފުލުހުން ބުނީ އެއީ ބަޔަކު ގަސްދުގައި ކޮށްފައިވާ ކަމެއްކަމެއް އަދި ނޭނގޭ ކަމަށެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ