ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފިތުރު އީދުގެ ތަހުނިޔާ ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވައިފި އެވެ.
އެމަނިކުފާނުގެ ތަހުނިޔާގެ މެސެޖުގައި ވިދާޅުވީ އުފާވެރި ފިތުރު އީދުގެ ތަހުނިޔާއާއި މުބާރަކްބާދު ދިވެހި ލޮބުވެތި ރައްޔިތުންނަށް ފޮނުއްވާ ކަމަށެވެ.
އީދުގެ މި އުފަލުގައި ވިލާ ގުރޫޕުގެ އެންމެހާ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކާއި ޖުމްހޫރީ ޕާޓީގެ އެންމެހާ މެންބަރުންނާއި މެންބަރުންގެ އާއިލާތައް ޝާމިލްކޮށް ހެޔޮއެދުންތައް ފޮނުއްވާ ކަމަށްވެސް މި މެސެޖުގައި ވިދާޅުވެފައިވެ އެވެ.
ގާސިމްގެ މެސެޖު ނިންމަވާލައްވާފައިވަނީ ގައުމަށް ފާގަތިކަމާއި ބާއްޖަވެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރައްވަމުންނެވެ.
ޖޭޕީގެ ލީޑަރު ގާސިމް އީދުގެ ތަހުނިޔާ ފޮނުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ