މައުމޫން ބޭސްފަރުވާއަކަށް މެލޭޝިއާއަށް ފުރާވަޑައިގެންފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދެކަނބަލުން ބޭސްފަރުވާއަކަށް މެލޭޝިއާއަށް މިރޭ ފުރާވަޑައިގެންފި އެވެ.
ސަރުކާރާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި އެންމެ އިސް އެއް ލީޑަރުގެ ގޮތުގައި މިހާރު ހުންނެވި މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަނބިކަނބަލުން ނަސްރީނާ އިބްރާހިމާ އެކު ކުރު ދަތުރުފުޅެއްގައި މެލޭޝިއާއަށް ދަތުރުކުރައްވާ ކަމަށެވެ.
My wife and I are on our way to Malaysia on a short private visit.— Maumoon Abdul Gayoom (@maumoonagayoom) October 14, 2017
މައުމޫން މިރޭ ކުރެއްވި ޓުވީޓު.ދަތުރުފުޅާ ބެހޭ ތަފްސީލެއް މައުމޫން ނުދެއްވަ އެވެ.
އެކަމަކު މައުމޫންގެ ގާތް ބޭފުޅަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެމަނިކުފާނު މެލޭޝިއާއަށް ވަޑައިގެންނެވީ ބޭސްފަރުވާއަކަށެވެ. އެ ގައުމުގައި އެމަނިކުފާނު ހަފްތާއެއްހާ ދުވަހު މަޑުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މައުމޫންގެ ދެކަނބަލުން ބޭރަށް މި ވަޑައިގަތީ ދަރިކަލުން ފާރިސް މައުމޫން ދެ މަހަށް ވުރެ ގިނަ ދުވަހު ޖަލުގައި ބެހެއްޓުމަށް ފަހު ގެއަށް ބަދަލުކުރި ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ