މިސްރުގެ އަލް އަޒުހަރު ޔުނިވާސިޓީގެ ގުރެޖުއޭޓުންގެ ބައިނަލް އަގުވާމީ ޖަމިއްޔާއިން ބާއްވާ ޖަލްސާއެއްގައި ތަގުރީރު ކުރެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ދައުވަތު އަރުވައިފިއެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ 14 އިން 15 އަހަށް މެލޭޝިޔާގައި ބާއްވާ އެ ޖަލްސާގައި ތަގުރީރު ކުރުމަށް ރައީސް މައުމޫނަށް ދައުވަތު އެރުވީ ޝައިޚުލްއަޒްހަރު ފަޟީލަތުއް ޝައިހު ޑރ. އަހުމަދު ތައްޔިބެވެ.
އަޒުހަރު ގްރެޖުއޭޓުންގެ ޖަމިއްޔާއިން ބާއްވާ އެ ޖަލްސާގައި ވާހަކަ ދެއްކުމަށް ހަމަޖެހިފައިވަނީ "ތަފާތު ފިކުރުތަކުގެ މީހުން އެކުވެރިކަމާއެކު ދިރިއުޅުމުގައި ގެންގުޅެންވީ އިސްލާމީ އުސޫލުތައް" މައުޟޫއަށެވެ. ރައީސް މައުމޫނުގެ އޮފީހުން ބުނި ގޮތުގައި އެމަނިކުފާނުގެ ތަގުރީރު ވެސް ބިނާ ކުރައްވާނީ އެ މައުމޫއަށެވެ.
އަޒުހަރު ގްރެޖުއޭޓުންގެ ޖަލްސާއަކަށް ރައީސް މައުމޫން މެލޭޝިޔާއަށް ވަޑައިގަންނަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ