ވޯޓު އޮޅުވާލާފައިވާ ގޮތް ކަމަށް ބުނެ އުމަރު ޕްރެޒެންޓޭޝަނެއް ދީފި

މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުގައި އޮޅުވާލުންތަކެއް ނެތްނަމަ ގްރާފުން ނަތީޖާ ފެންނާނީ "ބެލް ކާވް" އެއް ގޮތަށް ކަމަށް ޖުމްހޫރީ ގުޅުމުގެ ކެމްޕެއިން ސްޓިއަރިން ކޮމިޓީގެ ޗެއާމަން އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ރޭ ޖުމްހޫރީ ގުޅުމުން ބޭއްވި ޖަލްސާގައި ވޯޓު އޮޅުވާލާފައި ވާގޮތް ކަމަށް ބުނެ އުމަރު ވަނީ ޕްރެޒެންޓޭޝަނެއްދީފަ އެވެ. އުމަރު ވަނީ ގައުމުތަކުގައި ވޯޓު އޮޅުވާލާފައިވާ ގޮތާއި ވޯޓު އޮޅުވާލައިފިނަމަ އެއްވެސް އިންތިހާބެއްގެ ނަތީޖާ "ބެލް ކާވް" އެއް ގޮތަށް ފެންނަން ނޯންނަ ހަގީގަތް ގްރާފުތަކަކުން ދައްކައިފަ އެވެ. އެގޮތުން ފްރާންސާއި އެމެރިކާ ފަދަ ގައުމުތަކުގެ ބައެއް ސްޓޭޓް ތަކުގައި ވޯޓު އޮޅުވާލާފައިވާކަން ހާމަވެފައިވާ ކަމަށާއި ހިސާބު އިލްމުވެރިންގެ ހޯދުންތަކުގެ އަލީގައި ބަލައިފިނަމަ "ބެލް ކާވް" އް ގޮތަށް ނަތީޖާ ނުދައްކާ ނަމަ އެ އިންތިހާބެއްގެ ނަތީހާ އޮޅުވާލާފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ، ދުނިޔޭގައި ވޯޓު އޮޅުވާލުމުގައި އެންމެ މަޝްހޫރީ އަރްމޭނިޔާ ކަމަށާއި، މިފަހަރު ރާއްޖޭގައި ވެސް ވޯޓު އޮޅުވާލާފައިވަނީ އެ ދަރަޖައަށް ކަމަށެވެ. އުމަރު ވިދާޅުވީ 1998 ވަނަ އަހަހަރުގެ އަރުމޭނިޔާގެ ވޯޓުގެ ނަތީޖާ އާއި މިދިޔަ މަހު ރާއްޖޭގައި ބޭއްވުނު އިންތިޚާބުގެ ނަތީޖާ ކާވް އިން ދައްކާއިރު ފެންނަނީ އެއްގޮތަށް ކަމަށެވެ.
"ހެއްކާއި އެކު ހިސާބު އިލްމުވެރިންގެ ހޯދުންތަކުގެ އަލީގައި މި ސާބިތު ކޮށްދެނީ ރާއްޖޭގައި ވޯޓު އޮޅުވާލާފައިކަން،" އުމަރު ވިދާޅުވި އެވެ
އުމަރު ވިދާޅުވީ، ނަތީޖާ ޝީޓުތައް ބަލާ ދިރާސާ ކުރި އިރު 13 ޝީޓެއްގައި މައްސަލަ އުޅޭ ކަމަށާއި، ސުޕްރީމް ކޯޓަށް ދާންޖެހުނު ސަބަބު ތަކުގެ ތެރޭގައި އެ 13 ލިސްޓުގެ އިތުރުން މިހާތަނަށް ހާމަކޮށްފައިވާ މައްސަލަތަކުގެ އިތުރުން ގިނަ މައްސަލަތަކެއް ފާހަގަ ކުރެވި، ވޯޓާސް ލިސްޓު ހާމަ ނުކުރުން ހިމެނޭ ކަމަށެވެ ކޮމިޝަނުން ދީފައިވާ މައުލޫމާތުތަކުގައި ބޮޑެތި މައްސަލަތައް އުޅޭ ކަމަށާއި، ހިއްސާ ކުރަން ނުޖެހޭ މައުލޫމާތުތަކެއް އިލެކްޝަނުން އެމްޑީޕީއާ ހިއްސާކޮށްފައިވާކަން ވެސް އެނގޭ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ