އުމަރު ނަސީރު އެޕާޓީން ވަކިކުރަން ޕީޕީއެމުގެ ސުލޫކީ ކޮމެޓީން ނިންމައިފި

ޕީޕިއެމްގެ ޕްރައިމަރީއަށްފަހު އެޕާޓީގެ ޕްރައިމަރީއަށާއި ޕްރައިމަރީ ކާމިޔާބު ކުރެއްވި އަބުދުﷲ ޔާމީނަށް ފާޑު ވިދާޅުވަމުން ގެންދަވާ އުމަރު ނަސީރު އެޕާޓީން ވަކިކުރުމަށް ނިންމައިފިއެވެ. ސީއެންއެމަށް ވަރަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި އުމަރު އެޕާޓީން ވަކިކުރުމަށް ނިންމާފައިވަނީ އިއްޔެ ބޭއްވި ސުލޫކީ ކޮމިޓީގެ ބައްދަލުވުމުގައެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ސުލޫކީ ކޮމެޓީގެ މުގައްރިރު އަބުދުލް އަޒީޒު އަބޫބަކުރު ވިދާޅުވީ އުމަރުގެ މައްސަލާގައި އެކޮމެޓީން އިއްޔެ ނިންމާފައިވާ ކަމަށާއި އެމައްސަލައާއި ގުޅޭ ރިޕޯޓު ޕާޓީގެ ސެކެރެޓަރީ ޖެނެރަލްއާއި ހަވާލުކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އެމައްސަލާގައި ނިންމި ގޮތް ހާމަ ކުރެއްވުމަށް އަޒީޒު އުޒުރުވެރިވެވަޑައިގެންނެވިއެވެ.
"އަޅުގަނޑުމެންވާނީ ނިންމާފައި، އުމަރަށް އެކަން އެނގުމުގެ ކުރިން އަޅުގަނޑުމެން މީޑީއާގައި ހާމަ ނުކުރަން،" އަޒީޒު ވިދާޅުވިއެވެ.
އަޒީޒު ވިދާޅުވީ އެކޮމެޓީން މައްސަލަ އިއްޔެ ނިންމާފައިވަނީ ތަކުރާރުކޮށް އުމަރަށް ފުރުސަތު ދިނުމަށްފަހު ވެސް އެކަން ގަބޫލު ނުކުރެއްވުމުން ކަމަށެވެ. އަދި އިއްޔެގެ ކޮމެޓީގެ ބައްދަލުވުން ބާއްވާފައިވަނީ އަސާސީ ގަވާއިދުގެ ތެރެއަށް ވަނުމަށް ދިން ހަތް ދުވަހުގެ ފުރުސަތު ހަމަވުމުން ކަމަށް ވެސް އަޒީޒު ވިދާޅުވިއެވެ.
އުމަރުވަނީ މައާފަށް އެދިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ