ކުއްލި ހާލަތު އިއުލާންކޮށްގެން ވިޔަސް ގާނޫނު ދަމަހައްޓަން ޖެހިފައިވާ ކަމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަޖިލީހަށް އެމްޑީޕީން މިއަދު ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ގާސިމް ވިދާޅުވީ ގައުމުގައި ކުއްލި ހާލަތު އިއުލާންކޮށްގެންވިޔަސް ގާނޫނު އަސާސީ ދަމަހައްޓަން ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލާ ކަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ އިންތިހާބުގެ ކަންކަމުގައި އެންމެ ފަހުބަސް ބުނާ ތަނަކީ ސްޕްރީމް ކޯޓުކަމަށްވާއިރު ކޯޓުގެ ގައިޑްލައިނާ ހިލާފަށް އިލެކްޝަނަށް ކަންތައްތަކެއް ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އިލެކްޝަނުގެ ރައީސް ފުއާދު ތައުފީގު ސުޕްރީމް ކޯޓުގެ ގައިޑް ލައިނަށް ތަބާ ނުވާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަދައްވަމުން ގެންދަވާ ކަމަށާއި އަދި ގާނޫނު ތަކާއި ހިލާފަށް އަމަލުކުރަމުންދާތީ ފުވާދުގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރަން ޖެހޭ ކަމަށެވެ. އަދި ފުއާދު ހިފާ ހައްޔަރު ކުރަން ޖެހޭ ކަމަށާއި ސަބަބަކީ ގާނޫނު އަސާސީގެ ބާރު ފުވާދު ކަޑުވާލާފައިވާތީ ކަމަށް ގާސިމް ވިދާޅުވިއެވެ.
"ކުއްލި ހާލަތު ގެނެސްގެންވިޔަސް ރައީސް އެބަޖެހޭ ގާނޫނު ދަމަހައްޓަން. ގައިޑް ލައިނަށް ތަބާ ނުވާނެ ކަމަށް ފުވާދު ބުނާ ހިސާބުން އޭނާގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލެން ޖެހޭނެ. އެއީ އެކަން ކުރަންޖެހޭ ގޮތް" ގާސިމް ވިދާޅުވިއެވެ.
ކުއްލި ހާލަތު އިއުލާންކޮށްގެންވެސް ގާނޫނު ދަމަހައްޓަން ޖެހޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ