ހިޔާ ފެލެޓުގެ ލިފްޓުގައި ދިމާވި ޓެކްނިކަލް މައްސްލައަކާ ގުޅިގެން ކަރަންޓު ދިނުން މެދުކެނޑިއްޖެ

ހިޔާ ފްލެޓްގެ ލިފްޓުގައި ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިއަދު ކަރަންޓު ދިނުމަށް މަސައްކަތްކުރި ދެ ޓަވަރަށް ކަރަންޓު ދިނުމަށް ކުރަމުންދިޔަ މަސައްކަތް މެދުކެނޑިއްޖެއެވެ.
ސްޓެލްކޯއިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކަރަންޓު ދިނުމަށް ނިންމާފައިވާ ހިޔާފްލެޓްތަކުގެ 3 އަދި 4 ވަނަ ޓަވަރުގެ ލިފްޓްތަކަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަރަންޓު ދިނުމުގެ މަސައްކަތް އެޗްޑީސީގެ މަޝްވަރާގެ މަތިން މިއަދަށް މިވަނީ މެދުކަނޑާލަން ޖެހިފާކަމަށެވެ.
މި 2 ޓަވަރަށް ކަރަންޓު ދިނުމުގެ މަސައްކަތް ދެން ކުރިޔަށް ގެންދާނެ ދުވަހެއް އެ ޓަވަރުތަކުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސް.އެމް.އެސް އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް އަންގާނެކަމުގައި ސްޓެލްކޯއިން ވަނީ ބުނެފައެވެ.
އެޗްޑީސީން މިހާރު ގެންދަނީ އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށްވެސް ސްޓެލްކޯއިން މައުލޫމާތުދެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ 25 ފަންގިފިލާގެ 16 ޓަވަރަށް ކަރަންޓް ގުޅައިދިނުމުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަނުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ