މިހާރު ކުރަމުން މިދާ ވިއްސާރައަކީ ދެ މޫސުން ބެދޭ ދުވަސްވަރު ނުވަތަ ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ހިސާބުގައި އާންމުކޮށް ކުރަމުންދާ ވިއްސާރަ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓްއޮފީސް) އިން ބުނެފިއެވެ.
ކުރިއަށް އޮތް ތިން ދުވަހުވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެހެންނަމަވެސް މިދުވަސްވަރު ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓުން ލަފާކުރެއެވެ.
“މިއީ ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭތީ ކުރާ ވިއްސާރަ އެއް. ވައި އެހައި ގަދަވާނެ ކަމަކަށް ލަފާ ނުކުރެވޭ. އެކަމަކު މުޅި ރާއްޖެއަށްވެސް ވާރޭ ވެހޭނެ ކުރިއަށް މިއޮތް ތިން ދުވަހުވެސް.” އޭނާ ވިދާޅުވިއެވެ.
    
    މިއީ ދެ މޫސުން ބެދޭ ދުވަސްވަރު ކުރަމުންދާ ވިއްސާރަ: މެޓް
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
            