މަތީ ދަރަޖަ ހޯދާ ފަރާތްތަކާއި ހާފިޒުންނަށް މެޑަލް ދިނުން ގައުމީ ދުވަހު

ތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލާއި، ކީރިތި ޤުރްއާން ހިތުދަސްކޮށް، 1 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލް، މި އަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްވާގޮތަށް ހަމަޖައްސަވައިފިއެވެ.ކުރިން ހަމަޖައްސަވާފައިވަނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި، މި ދެ އިނާމު ދެއްވާގޮތަށެވެ. އެހެންނަމަވެސް، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު މި އަހަރު ލިބިވަޑައިގަންނަވާ ބޭފުޅުންގެ ޢަދަދު ގިނަކަމާއެކު، މަތީ ދަރަޖައިގެ އިނާމާއި ޙާފިޡުކަމުގެ އިނާމު، ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްވުމަށް ނިންމެވީއެވެ.މިގޮތަށް ހަމަޖެއްސުމާ ގުޅިގެން މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދޭނީ ހަމައެކަނި ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ