ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ނުލިބޭތީ ކޯޓަށް

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެއް ހަމައަކުން ވަޒީފާގެ ކުރިއެރުން ލިބުމުގެ ހައްގުން މަހުރޫމުވެފައިވާތީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ސިއްހީ ދާއިރާގައި މަސައްކަތް ކުރާ 489 މުވައްޒަފުންނާއި އެ މުވައްޒަފުން ނިސްބަތްވާ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަންގެ ފަރާތުން މި މައްސަލަ ސިވިލް ކޯޓަށް ވެއްދީ ޕަބްލިކް އިންޓްރަސްޓް ލޯ ސެންޓަރުގެ (ޕީއެލްސީ) ފަރާތުންނެވެ.
މި މައްސަލަ ރައްދުވާ ފަރާތަކީ ސިވިލް ސާވިސް ކޮމިޝަނާއި، ހެލްތު މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީ އެވެ. މި މައްސަލާގައި ގާތްގަނޑަކަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަސައްކަތްކުރާ ސިއްހީ ދާއިރާ އަށް ނިސްބަތްވާ ސިވިލް ސާވިސްގެ މުވައްޒަފުން ހިމެނޭ ކަމަށް ޕީއެލްސީން ބުނެ އެވެ.
ޕީއެލްސީން ބުނީ 2008 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް ސިވިލް ސާވިސްގެ ހެލްތު ޕްރޮފެޝަންގެ ފަންނީ ވަޒީފާތަކުގެ ކުރިއެރުން ލިބޭނެ ގޮތެއް ވެފައިނުވަނީ ވަޒީފާގެ ކުރިއެރުން ލިބޭނެ އޮނިގަނޑެއް ނެތުމުގެ ސަބަބުން ކަމަށްވާތީ ކަމަށެވެ. އަދި އެކަމަކީ ގާނޫނު އަސާސީގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުން މަހުރޫމުވުން ކަމަށް ޕީއެލްސީން ބުނެ އެވެ.
އެގޮތުން މި މައްސަލަ އަކީ ވަޒީފާގެ ކުރިއެރުން ލިބޭނެ އޮނިގަނޑެއް ތައްޔާރުކޮށް ތަންފީޒުކުރުމަށް ސިވިލް ސާވިސް ކޮމިޝަނާއި، ހެލްތު މިނިސްޓްރީ އަދި ފިނޭންސާއި ކަމާގުޅޭ ދައުލަތުގެ އެންމެހާ އިދާރާތަކުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައެއް ކަމަށްވެސް ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ