ރައީސް ޔާމީންއަށް ވުރެ ބޮޑު ވަގެއް މިހާތަނަށް ފެނިފައިނުވޭ: ގާސިމް

ކުރީގެ ރައީސް ޔާމީނަށް ވުރެ "ބޮޑު ވަގެއް" މިރާއްޖެއިން ފެނިފައިނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ވުރެ ބޮޑު އަނިޔާވެރިއެއް އަދި ވަގެއް ވެސް މިހާތަނަށް ފެނިފައިނުވާ ކަމަށާއި އޭރު އިންސާފުގެ ވާހަކަ ޕީޕީއެމްއިން ނުދައްކާ ކަމަށެވެ."އާދެ އަޅުގަނޑު ނުދެކެން ހަމަ ގައިމުވެސް ރައީސް ޔާމީނަށް ވުރެ ބޮޑު އަނިޔާވެރިއެއް. ބޮޑު ވަގެެއް މި ދިވެހިރާއްޖޭގެ ވެރިކަމެއްގަ. އެއްވެސް އިރަކު ވެރިކަމެއް ނުކުރޭ،" ކޯފާ އިސްކުރައްވާ ގާސިމް ވިދާޅުވިއެވެ.ގާސިމް މިއަދު އިތުރަށް ވިދާޅުވީ ފާނޑިޔާރުންނަކީ އެއްވެސް ފަރާތައްގެ ބިރު ނުފޫޒަކަށް ބޯލަނބަން ނުޖެހޭ ބައެއްކަމަށް ގާނޫނު އަސާސީގައި ވެސް ސަރީހަކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި ނިމިގެން ދިޔަ ސަރުކާރުގައި ގާސިމްއަށް ނުހައްގުން ހުކުމްކުރީ ކުރީގެ ސަރުކާރުގެ ނުފޫޒުން ކަމަށް ދޭހަވާ ގޮތަށް ކަމަށް ވިދާޅުވެ އެއިރު އިދިކޮޅުން އެކަމާ ކަންބޮޑުވުން ފާޅުނުކުރުން ގާސިމް ފާޑުވިދާޅުވި އެވެ."މި މައްސަލަ [ޔާމިންގެ ފަނޑިޔާރުންގެ] މިގޮތަށް އޮއްވައި އަޅުގަނޑު ކޯޓު ތެރޭގައި ހޭނެތިގެން ވެއްޓި އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައި އޮއްވައި ކޮންފަރާތަކުން ކާކުތޯ ހުކުމްކުރީ. އެ ދުވަހު ކީއްވެތޯ އެއްވެސް މީހެއްގެ އަޑު ނެތީ." ގާސިމް ވިދާޅުވި އެވެ."އަޅުގަނޑަށް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި ކްރިމިނަލް ކޯޓުން މެންދަމު ހުކުމްކޮށް ނިންމާލީ. އެހެންވީމާ އެވަރުގެ މީހެއް ކާކަށް ކޮން ބާރެއް އައިސްގެންތޯ އޭރު ތިބި ފަނޑިޔާރުންގެ ކިބައިން އައްސަވާ ބައްލަވާ" ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ އެމަނިކުފާނު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ހުކުމް ކުރީ ނޮވެމްބަރު 28، 2019 ގައެވެ. ދަށު ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށް މައްސަލަ ނިންމީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ