ކަރަންޓު ސާމާނުތަކެއް ވަގަށްނެގި ފިރިހެނަކު ހައްޔަރުކޮށްފި

މާލެއިން ކަރަންޓު ސާމާނުތަކެއއ ވަގަށް ނެގި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ މާލެތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް އަމަލުތައްް ހުރިގޮތުން ހުއްޓުވައިގެން ބަލައި ފާސްކުރުމުގެ ތެރޭގައި ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސާމާނުތަކެއް ފެނިގެން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން ވިދާޅުވީ އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި، އަދި އެކަން އިތުރަށް ބަލަމުން ދާކަމަށެވެ.
ފުލުހުން އަންނަނީ މާލެ ތެރެ ޕްޓްރޯލް ކުރުމުގައި މިފަދައިން ޝައްކު ކުރެވޭ ގޮތްގޮތައްް އަމަލުތައް ހުންނަ މީހުން ބަލައި ފާސް ކުރަމުންނެވެ.
ކަރަންޓު ސާމާނާއި އަގުބޮޑެތި މުދާތައް ބެހެއްޓުމުގައި މުދަލުގެ ރައްކާތެރިކަމަށް ވިސްނުމަށް ފުލުހުން އިލްތިމާސް ކުރެއެވެ. މިހާރު ވައްކަމާއި ފޭރުން ވަނީ ކުރިއާ އަޅައި ބަލާއިރު އިންތިހާ ދަރަޖައަށް ގިނަވެފައި ކަމުން އާންމު ފަރާތްތަކުން އެކަންކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ