ހަތަރު ރަށެއްގެ ކަރަންޓް ފެންވަރު ރަނގަޅު ކުރުމަށް ސާމާނު ފޮނުވައިފި
ހަތަރު ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ފެނަކަ ކޯޕަރޭޝަން އިން 6.1 މިލިއަން ރުފިޔާގެ ކަރަންޓް ސާމާނު އެ ރަށްރަށް ފޮނުވައިފި އެވެ. ޓީ ޖެޓީ ސަރަހައްދުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލު ވިދާޅުވީ ކަރަންޓްގެ ހިދުމަަތް ރަނގަޅު ކުރުމަށް ކަރަންޓު ސާމާނާއި ޕެނަލްތައް މިއަދު ފޮނުވީ، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ނިމާލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ސަން ފޮޓޯ: ފަޔާޒު މޫސާ ފ. ބިލެއްދު އާއި ތ. ދިޔަމިގިއްޔާއި ތ. ގާދިއްފުއްޓާއި ލ. މާމެންދޫ އަދި އައްޑޫ ސިޓީއަށް ކަމަށެވެ. އޭނާ ވިދާޅުވީ އެ ޕެނަލްބޯޑުތަކާއި ކޭބަލްތައް ކުރިއަށް އޮތް ދޭއެއް ނުވަތަ ތިން ދުވަސްތެރޭ އެ ރަށް ރަށަށް ފޯރާނެ ކަމަށާއި ހަފްތާއެއްހާ ދުވަސް ތެރޭގައި އެތަކެތި އިންސްޓޯލްކޮށް ބޭނުން ކުރަން ފެށޭނެ ކަމަށެވެ. ފެނަކައިން މިއަހަރު ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކާ މެދު ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ މިއަހަރު ބޮޑަށް އަމާޒު ކުރާނީ ރަށްރަށުގެ ޑިސްޓްރިބިއުޝަން ނެޓްވޯކް ތަރައްގީ ކުރުން ކަމަށެވެ. އެގޮތުން މިހާރު ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަލަށް ފޮނުވާ ޕެނަލްތަކާއި އެހެން ސާމާނުތަކުގެ ސަބަބުން ރަށްރަށުގެ ކަރަންޓް ހިދުމަތް އެތައް ގުނައަކަށް ރަނގަޅުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ