ކަރަންޓް ކަނޑައިގެން ގޮސްދާނެ: ސްޓެލްކޯ
މިނިވަން 50 އާ ގުޅިގެން އައި ސަރުކާރު ބަންދު ދުވަސްތަކަށް ފަހު މިއަދު ސަރުކާރު ހުޅެވޭ އިރު ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވާ ނަމަ ކަރަންޓް ކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނިފި އެވެ. އެ ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ ކުންފުނިން ބޭނުންކުރާ އެއްމެ ބޮޑު އެއް އިންޖީނަށް ދީމާވި މައްސަލަ އަދި ވެސް ހައްލުނުވާ ކަަމަށެވެ. ހެނދުނު 10:00 އިން މެންދުރު ފަހު 3:00 އާ ދޭތެރޭ ކަރަންޓް ބޭނުންކުރާ މިންވަރު މަދުކުރުމަށް ވެސް ސްޓެލްކޯ އިން ވަނީ އެދިފަ އެވެ. "މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މި ކުންފުނިން ނިހާޔަތަށް މައާފަށް އެދެން،" ސްޓެލްކޯގެ އިއުލާންގައިވެ އެވެ. އިންޖީނަށް ދިމާވި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރާމުންދާ ކަަމަށް ސްޓެލްކޯ އިން ބުނެ އެވެ. މިނިވަން 50 އަށް ވަރަށް ގިނަ ކުލަބޮކި ދިއްލަމުންދާތީ ކަރަންޓް ބޭނުންކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ. މިނިވަން 50 ގެ ހަރަކާތްތަކާ ގުޅިގެން ގާތްގަނޑަކަށް 2.5 މެގަވޯޓް ކަރަންޓް، ކުރިން ކަރަންޓް ބޭނުންކުރާ މިންވަރަށް ވުރެ އިތުރަށް ބޭނުންކުރާނެ ކަމަށް ސްޓެލްކޯ އިން ވަނީ ލަފާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ