މަޖިލިހުގެ ސޯޝަލް ކްލަބުން މަޖިލިހުގެ އައު އިމާރާތުގައި ޚާއްޞަ ޖިމަކާއި ރެސްޓޯރެންޓެއް އަދި މަޖިލިހުގެ ފިހާރައެއް ހުޅުވާނެ ކަން ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިޢުލާނުކުރައްވައިފިއެވެ. މިކަން ރައީސް ނަޝީދު އިޢުލާނުކުރެއްވީ މިއަދުގެ ޖަލްސާ ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން މަޖިލިހުގެ ސޯޝަލް ކުލަބުގެ ފަރާތުން ހިންގާ މަޖިލިހުގެ ރެސްޓޯރެންޓު ހުންނާނީ މަޖިލިހުގެ އައު އިމާރާތުގެ ޓެރެހުގައި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އޭގެ އިތުރަށް މަޖިލިހުގެ އައު އިމާރާތުގައި މަޖިލިހުގެ ޖިމެއްވެސް ޤާއިމުކުރާނެ ކަމުގައި ނަޝީދު ވިދާޅުވިއެވެ. ހަމައެހެންމެ މަޖިލިހުގެ އިދާރާގައި މަޖިލިހުގެ ޚާއްޞަ ސްޓޯރެއް ނުވަތަ ފިހާރައެއް ޤާއިމުކުރާނެ ކަންވެސް މަޖިލިހުގެ ރައީސް އިޢުލާނުކުރެއްވިއެވެ. މިފިހާރައިގެ ވާހަކަ ކުރިންވެސް މަޖިލިހުގެ ރައީސްވަނީ އިޢުލާނުކުރައްވާފައެވެ. އެގޮތުން މިފިހާރައިން މަޖިލިހުގެ ޔައުމިއްޔާތަކާއި ޤާނޫނު ފޮތްބައިވެސް ލިބެން ހުންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެއާއެކު މަޖިލިހުގެ ސޯޝަލް ކުލަބުގައި މިވަގުތު ތިއްބަވަނީ މަޖިލިހުގެ މުވައްޒަފުންނާއި މަޖިލިހުގެ މިހާރުގެ މެންބަރުން އެކަނި ކަމަށް ވިދާޅުވެ، ދުނިޔޭގެ އެހެން ޤައުމުތަކުގައި މިކުލަބަކީ މަޖިލިހުގެ ކުރީގެ މެންބަރުންނާއި މަޖިލިހުގެ އިދާރާގެ މުވައްޒަފުންގެ ތެރެއިން ރިޓަޔަރ ކުރައްވާ ބޭފުޅުންނަށްވެސް ބައިވެރިވެވަޑައިގެންނެވޭ ކުލަބެއް ކަމުގައި ނަޝީދު ވިދާޅުވިއެވެ. މެންބަރުންނަށާއި ދާއިރާގެ މެންބަރުންނަށް ރެސްޓޯރެންޓަށް ވަޑައިގެން ކަންކަމާ މަޝްވަރާކުރައްވާނެ ގޮތް ހަމަޖެހިގެންދާނެ ކަމުގައި ނަޝީދު ވިދާޅުވިއެވެ. އަދި އައު އިމާރާތުގައި މަޖިލިހުގެ މެންބަރުންނަށް ކިއުބިކަލްތަކެއް ނުވަތަ އޮފީސްތަކެއް ހަމަޖެހިގެންދާނެ ކަމުގައި ނަޝީދު ވިދާޅުވިއެވެ. އަދި މުޤައްރިރުންގެ ކޮޓަރިކޮޅުތައްވެސް މިހާރު ހުރީ ތައްޔާރުވެފައިވާ ކަމުގައި އެތަންތަނުގައި މަޖިލިހުގެ މުވައްޒަފުންނާއެކު ދުވަހުގެ މަސައްކަތަށް ތައްޔާރުވެވަޑައިގަތުމުގެ ފުރުޞަތު ފަހިވާނެ ކަމުގައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
މަޖިލިހުގައި ޖިމަކާއި، ފިހާރައަކާއި ރެސްޓޯރެންޓެއް މަޖިލިހުގެ ސޯޝަލް ކުލަބުން ހުޅުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ