ނާޒިމް، ދަނގެތި ދާއިރާގެ ރައްޔިތުންނަށް 14000 މާސްކު ހަދިޔާކޮށްފި

ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، އެ ދާއިރާގެ ރައްޔިތުން ބޭނުން ކުރުމަށް 14،000 މާސްކު ހަދިޔާކުރައްވައިފިއެވެ.
ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19އާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އޭނާ ތަމްސީލު ކުރާ ދަނގެތި ދާއިރާގެ ސްކޫލް ދަރިވަރުންނާއި އަދި ރައްޔިތުން ހިމެނޭ ގޮތުން ބޭނުން ކުރުމަށް 14،000 ރިޔޫސަބަލް ފޭސް މާސްކު ހަދިޔާކޮށްފައިވާ ކަމަށެވެ.
#COVID19 aa dhekolhah sarukaarun kuramundhaa masahkathah eheetherivumuge gothun alhugandu thamseelukuraa, Dhangethi dhaairaage school dharivarunnaai adhi rayyithun himeneygothun beynunkurumah 14000 reusable face mask hadhiyaa kohfin. pic.twitter.com/5eghFMOzkH— Col(rtd)Mohamed Nazim MP (@nazim7878) August 3, 2020
ކުރީގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި ނާޒިމް އަންނަނީ ކޮވިޑާ ގުޅިގެން ގިނަ ފަރާތްތަކަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ނާޒިމްއަފާ ފައުންޑޭޝަނުން ވަނީ ޖޫން މަހުގެ ތެރޭގައި ދިވެހި ޑްރައިވަރުންގެ އެސޯސިއޭޝަނަށް 6000 ޕީޕީއީ އައިޓަމް ހަދިޔާ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ