މޫސުން ގޯސްވުމުން ޔެލޯ އެލާޓް ނެރެފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މޯލްޑިވްސް މީޓިއޮރޮލިޖަކަލް ސާވިސް ސެންޓަރު (މެޓް) އޮފީހުން ޔެލޯ އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ބޯކޮށް ވާރޭވެހޭނޭ ކަމަށާއި ނަމަވެސް ކަނޑުތައް އާންމުގޮތެއްގައި މަޑުވާނެ ކަމަށެވެ. ނަމަވެސް ކޮޅިގަނޑުގައި 30 މޭލަށް ވައިގަދަވާނެތީ ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރާއްޖޭގެ މޫސުން ގޯސްވި ނަމަވެސް ދެކުނުގެ އަތޮޅު ތަކުގެ މޫސުން އެހާ ގޯސް ނޫން ކަމަށާއި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރަމުންދާ ކަމަށް ވެސް މެޓް އޮފީހުން ބުނެ އެވެ.
މެޓް އޮފީހުން އިތުރަށް ބުނީ މިހާރު ކުރަމުންދާ ވިއްސާރައަކީ އޭޕްރީލް މަހު އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށެން އުޅޭތީ ކުރަމުންދާ ވިއްސާރަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ