ކަމަދޫ ރައްޔިތުން ކަނު އަނދިރީގައި

ބ އަތޮޅު ކަމަދޫގައި ކަރަންޓް ނެތި ރައްޔިތުން ކަނު އަނދިރީގައި ތިބޭތާ 2 ދުވަސް ވެއްޖެ އެވެ.
ކަމަދޫގައި ބޭނުން ކުރާ 60 ވޯޓާއި 80 ވޯޓުގެ ޖަނެރޭޓަރުތަކަށް މައްސަލަ ދިމާވެ ހައްލު ނުލިބިފައި ވާތާ މިހާރު ވަރަށް ގިނަ ދުވަސް ވެއފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެންމެ ފަހުން ޖަނެރޭޓަރަށް މައްސަލަ ދިމާވެ ރަށުން ކަރަންޓު ދިޔައީ މިދިޔަ އަންގާރަ ދުވަހުގެ ހަވީރު 4:30 ހާއިރުއެވެ.
އަދި މިއަދާ ހަމައަށް މައްސަލަ ހައްލުވެފައި ނުވެއެވެ.
އެ ރަށު އިންޖިނުގޭ ހިންގެވުމާ ހަވާލުވެ ހުންނެވި އަލީ ފިރާގު ވިދާޅުވީ އެރަށުން އެ އިންޖީނުތައް ހެދި ރައްޔިތުންނަށް ހިދުމަތްދެވޭނެ ވަކިއި ރެއްބުނަން ނޭންގޭ ކަމަށެވެ.
އަދި އިންޖީނުތައް ރަނގަޅު ކުރުމަށް ފެނަކަ ކޯރޕަރޭޝަންއަށް އަނގާފައިވާނެ ކަމަށް ވެސް ފިރާޤު ވިދާޅުވިއެވެ.
ކަމަދޫ ރައްޔިތުން ވަނީ އަސާސީ ހުރިހާ ޙިދުމަތްތަކުން މަހުރޫމް ވެފައެވެ. އެގޮތުން އެ ރަށު ރައްޔިތުން ފާޙާނާ ކޮށް ނިދަނީވެސް މަގުމަތީގައި ކަމަށް މައުލޫމާތު ލިބެއެވެ.
ކަމަދޫ ކައުންސިލުން ބުނެފައިވަނީ ކަރަންޓު ދިއުމުން ސިއްޙި ފަރުވާ ދިނުމާއި ވިޔަފާރި ކުރުން ފަދަ އަސާސީ ހިދުމަތްތައް ދިނުން ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. މި މައްސަލަ އަތޮޅު ކައުންސިލާއި އެ ދާއިރާގެ މެނބަރުގެ އިތުރުން ފެނަކައަށްވެސް ހުށަހަޅާފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.
ކަމަދޫގައި މިހާރު 800 އެއްހާ މީހުން ދިރިއުޅެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ