މޫސުން ގޯސްވުމުން އެމްޑީޕީގެ ޖަލްސާ ކެންސަލް ކޮށްފި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ން މިރޭ ބާއްވަން ނިންމާފައިވާ އެޕާޓީގެ ޖަލްސާ މޫސުން ތަން ނުދޭތީ ކެންސަލް ކޮށްފި އެވެ.
“ފަންޑު ފޮށި ސަރުކާރު އިސްތިއުފާ” މި ނަމުގައި އެމްޑީޕީން ކާނިވަލުގައި ބާއްވަން ހަމަޖެއްސި މި ޖަލްސާ ކެންސަލް ކޮށްފައިވާއިރު ޖަލްސާ ފަހުން ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް އެމްޑީޕީން ބުނެ އެވެ.
އެމްޑަބްލިއުއެސްސީގައި އަލިފާނުގެ ހާދިސާއެއް ހިނގާ މުޅި މާލޭއިން ފެން ކެނޑިފައިވާތީ އެމްޑީޕީން ދަނީ ކޮންމެ ރެއަކު މާލޭގައި މުޒާހަރާ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ