ހޯމް މިނިސްޓަރު އުމަރު ނަސީރު މާސްޓާސް ޑިގްރީ ހާސިލްކުރައްވައިފި

ހޯމް މިނިސްޓަރު އުމަރު ނަސީރު ބިޒްނަސް އެޑްމިނިސްޓްރޭޝަނުން މާސްޓާސް ޑިގްރީ ހާސިލްކުރައްވައިފި އެވެ.
މިނިސްޓަރު އުމަރު އެމްބީއޭ ހާސިލްކުރެއްވީ ޔޫކޭގެ ހަލް ޔުނިވާސިޓީންނެވެ.
އެމްބީއޭ ފުރިހަމަކުރެއްވުމުގައި އެހީތެރިވެ ދިން ހުރިހާ ފަރާތްތަކަށް ޓްވިޓަ މެދުވެރިކޮށް އުމަރު ވަނީ ޝުކުއަދާކޮށްފަ އެވެ.
އުމަރު މިވަގުތު ޔޫކޭގައި ހުންނެވި ނަމަވެސް ރަސްމީ ދަތުރުފުޅެއްގައި މާދަމާގެ ވަގުތެއްގައި ޗައިނާއަށް ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ހޯމް މިނިސްޓަރުކަން ކުރައްވަމުން ގެންދަވާ އުމަރު ނަސީރު އަމިއްލަ ދަތުރުފުޅެއްގައި ފުރައިވަޑައިގެންނެވުމާއި ގުޅިގެން އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން ވަނީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބްއާއި ހަވާލު ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ