2018 ނިމުމުގެ ކުރިން ތަރައްގީ ދައްކާލާނަން- މިނިސްޓަރ އަޒްލީން

ރައީސް ޔާމިން އާއި ގުޅިވަޑައިގަތުމަށް ގޮވާލައްވަމުން، 2018 ވަނަ އަހަރު ނިމުމުގެ ކުރިން މި ސަތުކާރުން ތަރައްގީ ދައްކާލާނެ ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަޒްލީން މިހެން ވިދާޅުވީ، ރޭ މާފަން ދެކުނު ދާއިރާގެ "ތުޑުކުނާ ޖަގަހަ 2" ރަސްމީކޮށް ހުޅުވުމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އަޒްލީން ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ ތަރައްގީއާ މެދު ވިސްނާވަރުގެ " ކެޕޭސިޓީ" އެއް ހުރި އެހެން ރައީސަކު ދިވެހި ރާއްޖޭގެ ތާޜިހު ދެކެފައި ނުވާ ކަމަށެވެ. އަދި ރައްޔިތުންނަށްޓަކައި އޯގާތެރިކަން އެހާ ފާޅުކަންބޮޑު ގޮތެއްގައި ސާބިތު ކޮށް ދައްކަވާ ބޭފުޅެ އްވެސް ނެތްކަމަށްވެސް ވިދާޅުވިއެވެ.
"ގައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ރައީސް ޔާމިން އެންމެ ފުރަތަމަ ކަށަވަރު ކޮށްދެއްވި، އޭގެ ފަހުން އަބުރު ރައްކާތެރި ކޮށްދެއްވި، އޭގެ ފަހުން ރައްޔިތުންނަށް އުފާ ފާގަތި ދިރިއުޅުމެއް ގެނެސް ދެއްވުމަށްޓަކައި މިހާރު މިގެންދަނީ މުޅި ގައުމު އެކީ އެކައްޗަކަށް ތަރައްގީކޮށް އަމާންކަމާއި އޮމާންކަމާއި ހިތްގައިމު މަންޒަރު ރައްޔިތުންނަށް ދައްކަވަމުން" މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.
ވޭތުވެ ދިޔަ ތަނުގައި ޒުވާނުން ލައްވާ ޖަރީމާތައް ހިންގެވި މީހުންނާއެކު ޒުވާނުން ނުދާނެކަން މިއަދު ސާބިތު ކޮށްދެއްވައިފި ކަމަށް އަޒްލީން ވިދާޅުވިއެވެ.
ޖަލްސާގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައިވާއިރު އެމީހުންނާއި މުހާތަބު ކުރައްވާ މިނިސްޓަރ ވިދާޅުވީ، ޒުވާނުން ސާބިތު ކޮށްދިނީ އެ ދާއިރާގެ އަމާން ކަން ކަމަށާއި ޒުވާނުންނަކީ ވޭތުވެދިޔަ ތަނުގައި ޒުވާނުން މަގު އޮޅުވާލައި ޒުވާނުން ލައްވައި ޖަރީމާތައް ހިންގި މީހުންނާއެކު ޒުވާނުން ނުދާނެ ބައެއްކަން ކަމަށެވެ. އަދި ޒުވާނުން މިއަދު ތިއްބަވާނީ އަހްލާގީ ނަމޫނާ ލީޑަރުންނާއެކު ކަން ސާބިތު ކޮށްދީފިކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އަޒްލީން ވަނީ ތަރައްގީ "ޓެސްޓް" ކުރުމަށްޓަކައި މާލޭ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ އަށް ކުރިމަތިލާ އަހުމަދު އަލީ (އަޑޭ) އަށާއި އެހެނިހެން ޕީޕީއެމް ކެނޑިޑޭޓުންނަށް ވޯޓުދެއްވުމަށް ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ