މައުމޫން ނުހިމަނައި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބާ ގުރޫޕެއް ހެދި މައްސަލަ ހޫނުވެއްޖެ

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނުހިމަނައި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން އާ ވައިބާ ގުރޫޕެއް އުފެއްދި މައްސަލަ ހޫނުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރަކު މިރޭ "ހަވީރަ"ށް ވިދާޅުވި ގޮތުގައި މައުމޫން ނުހިމަނައި އެހެން ވައިބަ ގުރޫޕެއް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ހެދުމުން، މައުމޫނަށް ތާއީދު ކުރައްވާ ބައެއް މެމްބަރުންގެ މެދުގައި ކޮންމެވެސް ވަރެއްގެ ހިތްހަމަނުޖެހުމެއް އުޅެ އެވެ. ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުން މިއަދު ބޭއްވި ޕާލަމެންޓްރީ ގުރޫޕުގެ ބައްދަލުވުމުގެ ތެރެއިން.---ފޮޓޯ: ޕީޕީއެމް މައުމޫން ނުހިމަނައި ވަކި ވައިބަ ގުރޫޕެއް ހެދި ނަމަވެސް، ޕާލަމެންޓްރީ ގުރޫޕުން އެންމެ ކުރިއްސުރެ ހެދި ގުރޫޕުގައި މައުމޫން އުޅުއްވަ އެވެ. އެކަމަކު މައުމޫނަށް އަންގަވަން މެމްބަރުން ބޭނުން ނުވާ ވާހަކަތައް ބަދަލުކުރަނީ، އެމަނިކުފާނު ނުހިމަނައި ހަދާފައިވާ ވައިބާ ގުރޫޕުގައި ކަމަށް މެމްބަރަކު ވިދާޅުވި އެވެ. "ދެ ވައިބާ ގުރޫޕު މިހާރު ވެސް ފަންކްޝަން ކުރޭ. އެކަމަކު މައުމޫނަށް ދައްކަން ބޭނުން ނުވާ މެސެޖްތައް ލިޔަނީ، މައުމޫން ނުހިމެނޭ ގުރޫޕުގައި. އެކަމުގެ ހިތްހަމަނުޖެހުން އެބައުޅޭ،" މެމްބަރަކު ވިދާޅުވި އެވެ. މައުމޫން ނުހިމަނައި ހެދި ވައިބަ ގުރޫޕުގައި ވެސް ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ފަރާތްޕުޅުން ޕާލަމެންޓްރީ ގުރޫޕަށް ކަނޑައަޅުއްވާފައި ހުންނަވާ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވެސް އުޅުއްވަ އެވެ. އެ ދެބޭފުޅުން ދެ ވައިބަ ގުރޫޕުގައި ވެސް ތިއްބަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ