ކަރަންޓުގެ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

ކަރަންޓުގެ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި އެވެ. މިކަން ހާމަކުރައްވާފައި ވަނީ ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގު އިބްރާހިމް ދެންމެ ކުރެއްވި ޓްވީޓެއްގަ އެވެ.
މިނިސްޓަރު ވިދާޅުވީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ކަރަންޓުގެ ޓެރިފް ރޭޓްތައް ދަށްކުރުމަށް ރައީސް ޔާމީން ނިންމަވައިފި ކަމަށެވެ. އަދި އެގޮތަށް ރައީސް ނިންމެވީ ތޯރިގް ވިދާޅުވި ގޮތުގައި "ތެލުގެ އަގަށް އަންނަމުންދާ ހެޔޮ ބަދަލާއެކު" އެވެ.ކަރަންޓުގެ ޓެރިފް ރޭޓަށް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބަދަލު ގެނައި ފަހުން ވެސް ދެ ފަހަރެއްގެ މަތިން، ރާއްޖޭގެ ބާޒާރުގައި ވަނީ ތެލުގެ އަގު ހެޔޮވެފައި ކަމަށްވެ އެވެ."ހަވީރަ"ށް އެނގިފައިވާ ގޮތުގައި އަލަށް ކަނޑައަޅާ ޓެރިފް ރޭޓްތަކާ މެދު އެނާޖީ އޮތޯރިޓީން އަދި ގޮތެއް ނުނިންމަ އެވެ. ކަރަންޓުގެ ޓެރިފް ރޭޓް ދަށްކުރަން ރައީސް މި ނިންމެވީ، މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަރަންޓުގެ އަގު ބޮޑުކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން އެތައް ބައެއްގެ ކަންބޮޑުވުން އިތުރުވެފައި ވަނިކޮށެވެ.މި މަހުގެ އެކަކުން ފެށިގެން އަމަލުކުރަން ނިންމި ޓެރިފް ރޭޓްގައިވާ ގޮތުން
މާލެ- ހުޅުމާލެ އަދި ވިލިމާލޭގައި 500 ޔުނިޓްގެ ކަރަންޓު ބޭނުންކުރާ އާއްމު
ކަސްޓަމަރުން ކުރިން ދައްކަމުން ދިޔަ ބިލަށް މި މަހުން ފެށިގެން
ގާތްގަނޑަކަށް 243ރ. އިތުރުވެ އެވެ. އަދި ތެލުގެ އަގަށް އަންނަ ބަދަލާ
ގުޅިގެން ފިއުލް ސާޗާޖާއެކު އެއަށް ވުރެ ބޮޑުވެ އެވެ. މީގެ އިތުރުން 400
ޔުނިޓްގެ ކަރަންޓް ބޭނުންކުރާ ފަރާތްތަކަށް 150ރ. އިތުރުވާ އިރު 300
ޔުނިޓްގެ ކަރަންޓް ބޭނުންކުރާ ފަރާތްތަކަށް 130ރ. އަދި 200 ޔުނިޓް
ބޭނުންކުރާ ފަރާތްތަކަށް 110ރ. އަދި 100 ޔުނިޓް ބޭނުންކުރާ ފަރާތްތަކަށް
60ރ. އިތުރުވާނެ ކަމަށް އެނާޖީ އޮތޯރިޓީން ލަފާކޮށްފައިވެ އެވެ.މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަރަންޓުގެ އަގަށް ގެންނަން ކުރިން ނިންމި ބަދަލާ ގުޅިގެން، ރަށްރަށުގެ ކޮންމެ
ބޭންޑަކުން ބިލްކުރާ އަގު މާލެ އަށް ވުރެ ޔުނިޓަކުން 10ލާރި ބޮޑުވެ އެވެ.
އަދި ހުރިހާ ރަށެއްގައި ވެސް ބިލްކުރާނީ އެއް ރޭޓަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ