ގައްބެ ހުވަދޫ ކަނޑު ހުރަސް ކުރަން މޫސުން ތަނެއް ނުދިން

ރިޔާ ނެގި ކަޓަމަރާންއެއްގައި ރާއްޖެ ވަށައި ދަތުރުކުރަމުން އަންނަ އަބްދުލްޣަފޫރު އަލީ (ގައްބެ)ގެ ދަތުރު، ކުރިން ރޭވިފައި އޮތް ގޮތުން މިއަދު މިއީ ހާއްސަ ދުުވަހެކެވެ. ލ. ފޮނަދޫން ފުރައިގެން، ރާއްޖޭގެ އެންމެ ބޮޑު ކަނޑު ކަމަށްވާ ހުވަދޫ ކަނޑު ހުރަސް ކުރުމަށް ހަމަޖެހިފައި އޮތީ މިއަދެވެ. އެކަމަކު މޫސުން ގޯސްވުމުގެ ސަބަބުން އެ ދަތުރު ވަނީ ފަސްކޮށްފަ އެވެ. ހުވަދޫ ކަނޑު ހުރަސްކޮށްލާ ހިތުން ކެތްމަދުވެފައި މިހިރީ. އެކަމަކު އަޅުގަނޑު މޫސުމަށް ވަަރަށް އިހުތިރާމް ކުރަން.-- ގައްބެމި ތާރީހީ ދަތުރުގައި ކުރިން ރާވާފައި އޮތީ މިއަދު ހެނދުނު ފޮނަދޫން ފުރައިގެން އިރުއޮއްސުމުގެ ކުރިން ގއ. އަތޮޅަށް ވަންނާށެވެ. ގައްބެ ބުނި ގޮތުގައި ވައިޖެހޭ ގޮތުން އަށެއްކަ ގަޑިއިރެއްހާއިރުގެ ތެރޭގައި މަންޒިލާ ހަމަ އަށް ފޯރާނެ އެވެ. އެކަމަކު އެ ސަރަހައްދަށް މިއަދު މޫސުން ގޯސް ވެދާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން އަންގާފައިވާތީ އޭނާ ނުފުރަ އެވެ. ގައްބެ ފޮނަދޫގައި: ހުވަދޫ ކަނޑު ހުރަސް ކުރުން ވަނީ މަޑުޖައްސާލާފައި -- ފޮޓޯ: އެޓޯލް ސެއިލާ "ހުވަދޫ ކަނޑު ހުރަސްކޮށްލާ ހިތުން ކެތްމަދުވެފައި މިހިރީ. އެކަމަކު އަޅުގަނޑު މޫސުމަށް ވަަރަށް އިހުތިރާމް ކުރަން. އެހެންވެ، މޫސުމް ގޯސްވާނެ ކަމަށް ބުނަންޏާ އެ އަށް ރެސްޕެކްޓް ކުރަން،" ފޮނަދޫގައި ހުރި ގައްބެ ބުންޏެވެ. ގައްބެ މިހާތަނަށް ދަތުރުކުރި މަގުމާލޭން ކ. މާފުއްޓަށް (ޓްރާންސިޓް، 14 ނޯޓިކަލް މޭލު)މާފުށިން ވ. ކެޔޮދުއަށް (29 ނޯޓިކަލް މޭލު)ކެޔޮދޫން މ. ނާލާފުއްޓަށް (ޓްރާންސިޓް، 34 ނޯޓިކަލް މޭލު)ނާލާފުށިން މ. ކޮޅުފުއްޓަށް (11 ނޯޓިކަލް މޭލު)ކޮޅުފުށިން ތ. ގުރައިދުއަށް (އިމަޖެންސީ، 67 ނޯޓިކަލް މޭލު)ގުރައިދޫން ލ. ފޮނަދުއަށް (31 ނޯޓިކަލް މޭލުއޭނާ ބުނީ ކައިރި ތަނެއްގައި ހިކި ފަސްތަނެއް ފަސޭހަ އިން އަތުވާން ނެތް ހުވަދޫ ކަނޑު ހުރަސް ކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށެވެ. އަދި ހަތް ގަޑިއިރު މެދުކެނޑުމެއް ނެތި، ރިޔާ ހިފަހައްޓާލުމަކީ ފިޒިކަލީ ގޮތުން ވެސް ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ ކަމަށް ގައްބެ ބުންޏެވެ. ގައްބެއަށް މަރުހަބާ ކިޔުމަށް ފޮނަދޫ އަތިރި މައްޗަށް މީހުން އެއްވެފައި: އެ ރަށާއި ގަމުން އޭނާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައި -- ފޮޓޯ: އެޓޯލް ސެއިލާ "އެކަމަކު އެކަމަށް ވެސް އަޅުގަނޑު ތައްޔާރު. އިރާދަކުރެއްވިއްޔާ މިކަން ވާނެ،" އޭނާ ބުންޏެވެ. ގައްބެ ދެން ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނެވެ. ގައްބެެގެ ދަތުރު އިންތިޒާމް ކުރާ އެޓޯލް ސެއިލާގެ ޓީމުން ބުނީ މޫސުން މާ ގޯސް ނުވި ނަމަވެސް ނުއަތުގައި ވައި ޖެހި، ކަޓަމަރާން ބަންޑު ޖަހާލަން ޖެހިދާނެތީ އެކަމަށް ތައްޔާރުވާން ޖެހޭ ކަމަށެވެ. އަދި ކައިރީގައި ހިކިފަސް ތަނެއް ނެތީސް އުޅަނދު ބަންޑުން ޖަހާލުމަކީ އުނދަގޫތަކެއް ވާނެ ކަމެއް ކަމަށް ވެސް ބުންޏެވެ. ގައްބެގެ ކެޓް ފޮނަދުއަށް އެހެލާފައި: އެ ރަށާއި ގަމުން އޭނާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައި -- ފޮޓޯ: އެޓޯލް ސެއިލާ މިދިޔަ އަންގާރަ ދުވަހު މ. ކޮޅުފުށިން ފުރައިގެން، ދަތުރުގެ ތިން ވަނަ މަންޒިލް ކަމަށް ވާ ލ.
ފޮނަދު އަށް ދަތުރުކުރަނިކޮށް، ކޮޅިގަނޑެއްގައި ޖެހުމުން ގައްބެގެ ކަޓަމަރާން ބަންޑުން
ޖައްސުވާލަން ޖެހުނެވެ. ވައި މަޑުވޭތޯ ދެ ގަޑިއިރު އޭގެ މަތީގައި އިނުމަށް ފަހު އެންމެ ފަހުން އެ ދުވަހު ތ. ގުރައިދު އަށް ވެއްދީ އެވެ. ގައްބެގެ ޓީމުން ބުނި ގޮތުގައި ވައި ގަދަވެއްޖެ ނަމަ ކަޓަމަރާން ބަންޑުން
ޖަހާލައިގެން މަޑުކޮށްލުމަކީ ދުއްވުންތެރިން އާންމުކޮށް ކުރާ ކަމެކެވެ. ގައްބެ ފޮނަދޫގައި އެ ރަށުގެ މީހުންނާއެކު ފޮޓޯ ނަގަނީ: ހުވަދު އަތޮޅަށް އޭނާ ފުރާނީ މާދަމާ -- ފޮޓޯ: އެޓޯލް ސެއިލާ ޓޫރިޒަމް މިނިސްޓްރީން ވެސް އިންތިޒާމު ކުރާ އެ ދަތުރުގެ އެއް މަގްސަދަކީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމެވެ. "ވިސިޓް މޯލްޑިވްސް 2016" ފާހަގަ ކުރުމުގެ ގޮތުން ބާއްވާ މި ހަރަކާތުގައި ގައްބެ ރާއްޖޭގެ އެކި ރަށްރަށުގައި މަޑުކޮށް، އެ ރަށުގައި ފާހަގަ ކޮށްލެވޭ ތަންތަނަށް ޒިޔާރަތް ކުރާނެ އެވެ. އަދި ހުރިހާ ކަމެއްގެ ފޮޓޯ އާއި ވީޑިއޯ ނަގައި ޑޮކިއުމަންޓް ކުރާނެ އެވެ. "ހަވީރަ"ކީ ރާއްޖޭގެ ރީތިކަން ދައްކާލައި، ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް
ގައްބެ ކުރާ މި ދަތުރުގެ މީޑިއާ ޕާޓްނަރެކެވެ. އަނެއް މީޑިއާ ޕާޓްނަރަކީ
ޕީއެސްއެމް އެވެ. އަދި މުޅި އިވެންޓުގެ މެއިން ސްޕޮންސަރަކީ އެލިއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ